ދުނިޔެ

ބެޓެރީ ސަޕްލައި ޗެއިން އިން ޗައިނާ ބަންދުކުރަން އެމެރިކާއިން ވިސްނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ އިލެކްޓްރިކް ވެހިކަލް (އީވީ) ސަޕްލައި ޗެއިންގައި އިންވެސްޓް ކުރުމަށް ލިބޭ ދީލަތި ޓެކްސް ކްރެޑިޓްތަކުގެ ތެރެއިން އެއްވެސް ކްރެޑިޓެއް ޗައިނާގެ ކުންފުނިތަކަށް ނުލިބުމުގެ ވިސްނުން ބައިޑަންގެ ސަރުކާރުން ހާމަކޮށްފި އެވެ.

Ads by WAMCO

ބެޓެރީތަކަށާއި އެތަކެތި އުފެއްދުމަށް ބޭނުންވާ ކްރިޓިކަލް މިނަރަލްތަކަށް 6 ބިލިއަން ޑޮލަރުގެ ކްރެޑިޓް ކަނޑައެޅި ބައިޕާޓިޝަން އިންފްރާސްޓްރަކްޗާ ގާނޫނާއި، އިންފްލޭޝަން ރިޑަކްޝަން އެކްޓް (އައިއާރްއޭ) ގެ ދަށުން ކޮންމެ އާ ހަކަތައިގެ ވެހިކަލަކަށް 7،500 ޑޮލަރާ ހަމައަށް ސަބްސިޑީ އެއް ހިމަނާފައިވާއިރު، އެ ގާނޫނުގައި ވެސް "ފޮރިން އެންޓިޓީ އޮފް ކޮންސަރން" (އެފްއީއޯސީ) ސާފުކޮށް އުނިކޮށްފައިވެ އެވެ.

ޑިޕާޓްމަންޓް އޮފް އެނަރޖީ އާއި އެމެރިކާގެ ޓްރެޜަރީއިން ޗައިނާ، ރަޝިޔާ، އުތުރު ކޮރެއާ އަދި އީރާނަށް ވެސް މި ލަފުޒު ހިނގާނެކަން ކަށަވަރުކޮށްދިނުމާ ހަމައަށް ވެސް އެ ލަފުޒު ކަނޑައެޅިފައެއް ނުވެއެވެ.

އަދި ކުންފުންޏެއް ކޮންޓްރޯލް ކުރަނީ އެފްއީއޯސީއަކުންތޯ ކަނޑައެޅުމަށް 25 ޕަސެންޓް އޯނާޝިޕް ތްރެޝްހޯލްޑެއް ހިމަނައިގެން ހަރުކަށި މިންގަނޑުތަކެއް ވެސް ސަރުކާރުން އަންނަނީ ހުށަހަޅަމުންނެވެ.

ދުނިޔޭގެ ބެޓެރީ ސަޕްލައި ޗެއިންގައި ޗައިނާގެ ބާރުގަދަ މަގާމަށް ބަލާއިރު، ގިނަ ފަހަރަށް ހުޅަނގުގެ ޕާޓްނަރުންނާ އެކު ޖޮއިންޓް ވެންޗާގެ ސިފައިގައި، އާ އުސޫލަކީ ކްރިޓިކަލް މިނަރަލް އުފައްދާ ފަރާތްތަކަށް ވަރަށް ދުރު ރާސްތާގެ ނަތީޖާތަކެއް ނެރެވިދާނެ އުސޫލެކެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!