Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިސޯޓުތަކަށް މީހުން އަރައި ފޭބުން މަނާކޮށްފި

ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އެހެން ރަށްރަށުން ރިސޯޓުތަކަށް ދަތުރުކުރުން ހުއްޓާލަން އަންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިންނެވެ.

އެގޮތުން އެޗްޕީއޭއިން ބުނީ ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ނިންމެވުން ނިންމެވިއިރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖެއިން ދިހަ މީހަކު މިވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މި އެންމެނަކީ ވެސް އެކި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިންނާއި އެތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް