Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްޓެލްކޯގެ އާ ޗެއާމަނަކަށް ލަތީފް

ސްޓެލްކޯގެ އާ ޗެއާމަނަކަށް ލަތީފް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ޗެއާމަންކަމުގެ މަގާމަށް މުހައްމަދު ލަތީފު އައްޔަންކުރައްވައިފިއެވެ.

ލަތީފް އަކީ 34 އަހަރު ވަންދެން ސްޓެލްކޯ އަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމު ފުރުއްވައިފައެވެ. މިދިޔަ ނޮވެމްބަރ މަހު 27 ވަނަ ދުވަހު ލަތީފް ވަނީ އެ މަގާމުން ރިޓަޔާ ކުރައްވާފައެެެވެ.

ލަތީފު މި މަގާމަށް އައްޔަަން ކުރައްވާފައި ވަނީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް