ދުނިޔެ

ވިހި ޤައުމަކުން ވިސާއާ ނުލައި އިންޑޮނޭޝިއާއަށް ވަދެވޭގޮތް ހަމަޖައްސަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިހި ޤައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި އިންޑޮނޭޝިއާއަށް ވަދެވޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ޤައުމުގެ ފަތުވެރިކަމާބެހޭ ވަޒީރު ސަންޑިއާގާ އުނޯ ވިދާޅުވެއްޖެއެވެ. އިޤްޠިޞާދު ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި އިންވެސްޓްމެންޓްތައް އިތުރު ކުރުމުގެ ގޮތުން ވިސާއާ ނުލައި އެ ޤައުމަށް ވަދެވޭ ގޮތް ހަމަޖެއްސުމަށް އިންޑޮނޭޝިއާގެ ރައީސް އަންގަވާފައިވާ ކަމަށް ސަންޑިއާގާ ވިދާޅުވިއެވެ.

Ads by WAMCO

އިންޑޮނޭޝިއާގެ ފަތުރުވެރިކަމާއި އިޤްޠިޞާދު ކުރިއެރުވުމަށް އެ ގޮތަށް ހަމަޖައްސައިފިނަމަ، އެމެރިކާ، ޗައިނާ، އޮސްޓްރޭލިއާ، އިންޑިއާ، ދެކުނު ކޮރެއާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ހިމެނޭ ގޮތަށް 20 ޤައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި އިންޑޮނޭޝިއާއަށް ވަދެވޭނެއެވެ. އެކަމާ ގުޅޭގޮތުން އިންޑޮނޭޝިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިސާއާ ނުލައި އެ ޤައުމަށް ވަދެވޭނެ ޤައުމުތަކުގެ ނަންތައް ހިމެނޭ ލިސްޓް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ޢާންމުކުރާނެ ކަމަށެވެ.

އިންޑިނޭޝިއާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އިންޑޮނޭޝިއާއަށް 16 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ޖެނުއަރީ މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް 9.49 މިލިއަން ފަތުރުވެރިން އެ ޤައުމަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 124.3 އިންސައްތައިގެ އިތުރުވުމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!