ޗައިނާއާއި ޖަޕާނުގެ ވިޔަފާރިތައް ދަށަށް

އިރުމަތީ ޗައިނާ ކަނޑުގެ ހިޔާލު ތަފާތުވާ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ ކޯސްޓްގާޑުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ޗައިނާ އާއި ޖަޕާނުން އެކަކު އަނެކަކަށް ކަނޑުގެ ސަރަހައްދުން އަރައިގަތް ކަމުގެ ތުހުމަތު ކުރެ އެވެ.
ޗައިނާގެ ކޯސްޓްގާޑުން އާދީއްތަ ދުވަހު ބުނީ ޗައިނާގެ ޑިއާއޯޔޫ އާއި ޖަޕާނުގެ ސެންކަކޫ ނަމަކަށް ކިޔާ މި ކުޑަ ކުޑަ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް ޖަޕާނުގެ މަސްބޯޓަކާއި ޕެޓްރޯލް ކުރާ ބައެއް އުޅަނދުތައް އޭގެ ކުރީ ދުވަހު ވަދެފައިވާ ކަމަށެވެ.
މީހުން ދިރިނޫޅޭ ރަށްތަކަކީ ޖަޕާނުގެ ބާރުގެ ދަށުގައި އޮންނަ ރަށްތަކެއް ނަމަވެސް ޗައިނާއިން ވެސް ވަނީ އެ ކަމަށް ދައުވަތު ދީފަ އެވެ.
ޗައިނާގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނީ ޖަޕާނުގެ އުޅަނދުފަހަރަށް އިންޒާރު ދިނުމަށް ޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ޖަޕާނުގެ ކޯސްޓްގާޑުން ހޮނިހިރު ދުވަހު ބުނީ ޗައިނާގެ ކަނޑުގެ ޕެޓްރޯލް ކުރާ ދެ ބޯޓެއް ޖަޕާނުގެ ކަނޑުގެ ސަރަހައްދުން އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ނުކުތީ އިންޒާރު ލިބުމުން ކަމަށެވެ. އަދި ޗައިނާގެ އުޅަނދުތަކުން ކައިރިވެފައިވާ ޖަޕާނުގެ މަސްބޯޓެއް އެ ގައުމުގެ ޕެޓްރޯލް އުޅަނދުތަކުން ހިމާޔަތް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ނޮވެމްބަރު އަދި އޮކްޓޯބަރު މަހު ވެސް މިފަދަ ހާދިސާތައް ހިނގާފައިވެ އެވެ.