ދުނިޔެ

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕޮލިސް ސްޓޭޝަނަށް ހަނގުރާމަވެރިން ވަދެ 23 މީހުން މަރާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ އަސްކަރީ ޕޯސްޓަކަށް ހަނގުރާމަވެރިން ވަދެ ބަޑީގެ ހަމަލާތަކާއި ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 23 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

Ads by WAMCO

އަފްޣާނިސްތާނާ ގުޅިފައިވާ ގާނޫނާ ހިލާފު އާބާދީގެ ސަރަހައްދުތަކުގެ އައްސޭރިފަށުގައި އޮންނަ ހަލަބޮލި ޕްރޮވިންސް ކަމަށްވާ ޚައިބަރު ޕަޚްތޫންޚުވާގެ ޑެރާ އިސްމާއިލް ޚާން ސިޓީއާ ގާތްގަނޑަކަށް 60 ކިލޯމީޓަރު ދުރުގައި އޮންނަ ދަރަބާން އަވަށުގައި އަންގާރަ ދުވަހު ހިނގި މި ހާދިސާހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ބްރާންޗް، އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަނގުރާމަވެރިން ވަނީ ބަނގުރާ ބަރުކޮށްފައި އޮތް ވެހިކަލެއް ޕޮލިސް ސްޓޭޝަންގެ މައި ގޭޓަށް ވައްޓާލުމަށް ފަހު ބޮމުގެ ހަމަލާއެއް ދީފައި ކަމަށެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ގޮއްވާލި ބޮމުގެ ހަމަލާތަކުގެ ސަބަބުން އިމާރާތް ވެއްޓި އެތައް ބަޔަކު މަރުވި،" ހަމަލާގައި ބައިވެރިވި ހަ މީހުން މަރުވެފައިވާ ކަމަށް އައިއެސްޕީއާރު އިން ބުންޏެވެ.

މި ހާދިސާގައި 34 މީހުން ޒަޚަމްވެ، ޑެރާ އިސްމާއިލް ޚާންގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ރެސްކިއު ޓީމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަލްޖަޒީރާއަށް މައުލޫމާތު ދެއެވެ.

އައިއެސްޕީއާރުން ބުނީ "ސެނިޓައިޒޭޝަން އޮޕަރޭޝަންތައް ހިންގަނީ އެ ސަރަހައްދުގައި ތިބި އެހެން ޓެރަރިސްޓެއް ނައްތާލުމަށް" ކަމަށެވެ.

ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ޖިހާދު ޕާކިސްތާން (ޓީޖޭޕީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ހަމަލާ ދިނީ ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށްގެން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!