ދުނިޔެ

ޗައިނާއިން ޓިބެޓްގައި އެމީހުންގެ އައިޑެންޓިޓީ ހަލާކުކޮށްލާކަމަށް ތުހުމަތުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ޓިބެޓްގެ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ އިންސާނީ ޙައްޤުތައް ނިގުޅައިގަނެ، ޓިބެޓްގެ އައިޑެންޓިޓީ ނައްތާލުމުގެ މަސައްކަތް ހަރުކަށިކަމާއެކު ކުރަމުންދާކަމަށް ޓިބެޓް ސަރުކާރުގެ ރައީސް އާދީއްތަ ދުވަހު ތުހުމަތުކުރައްވައިފިއެވެ.

Ads by Sosun Fihaara

އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ޓެންޕާ ސެރިންގް ނެރުއްވި ބަޔާނެއްގައި ވަނީ މިދިޔަ މަހު ޗައިނާއިން ޓިބެޓާ ބެހޭ ގޮތުން "ހުދު ކަރުދާހެއް" ނުވަތަ ޕޮލިސީ ޑޮކިއުމެންޓެއް ނެރުމާ މެދު ވެސް ނުރުހުން ފާޅުކުރައްވާފަ އެވެ.

ޗައިނާއިން ބުނަމުން ދަނީ ޓިބެޓްގެ ވެރިކަމަކީ ޗައިނާގެ ޒަމާނީ މަގުން ދުނިޔޭގެ ފުރާޅުމަތީގައި އުފެދިފައިވާ ތަރައްގީގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ކަމަށެވެ. ކޮމިއުނިސްޓް ޕާޓީގެ ވެރިކަމުގައި އިގްތިސާދީ ކުރިއެރުމާއި އިޖުތިމާއީ ހަމަޖެހުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ލިބުނު ކުރިއެރުންތަކަށް ރިޕޯޓުގައި ތައުރީފުކޮށްފައިވެ އެވެ. ޗައިނާއިން ވަނީ ފަރުބަދަމަތީ ސަރަޙައްދުގައި ހައިވޭތަކާއި ހައިސްޕީޑް ރޭލްވޭތައް ހަދައި، އާމްދަނީ އިތުރުކުރުމުގެ ގޮތުން ފަތުރުވެރިކަން އިޝްތިހާރުކޮށްފައެވެ.

ސެރިންގް ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ދަނީ ޗައިނާގެ ރައްޔިތަކީ އެއް މުޖުތަމައެއްގެ ގޮތުގައި ހަރުދަނާ ވިސްނުމެއް އުފައްދައި، ޗައިނާ ބަސް ކުރިއަރުވައި، ޓިބެޓް ބުޑިޒަމްގެ ސިނިކަލައިޒޭޝަން އަދި ސޯޝަލިސްޓް އަސާސްތައް ތަރައްގީ ކުރަމުން ކަމަށެވެ.

އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކަމާބެހޭ ފަރާތްތަކުން ޓިބެޓްގެ ރައްޔިތުންނަށް މިފަދަ އަނިޔާތަކާއި އަނިޔާވެރިކަން ދިނުމަކީ އާދަޔާ ހިލާފު އަދި ހީވެސް ނުކުރާވަރުގެ އަނިޔާއެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!