ޚަބަރު ސިޔާސީ

އިސްލާމިކް ސޯޝަލް އިކޮނޮމިކްގެ ނަމުގައި ފޯރަމެއް ބާއްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

"އިސްލާމިކް ސޯޝަލް އިކޮނޮމިކް"ގެ ނަމުގައި އިސްލާމީ މާލީ ފޯރަމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ފޯރަމްގައި ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ފޯރަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ މެނިފެސްޓޯގައިވާ އިސްލާމީ ވަޢުދުތަކުގެ ތެރެއިން ވަޤުފާއި ޙައްޖު ފަންޑާއި ޒަކާތު ފަންޑު ކުރިއެރުވުމަށްޓަކައި ބާއްވާ ފޯރަމެއް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

އައު ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިނިސްޓަރު ޑރ.ޝަހީމް ގެންދަވަނީ އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުންނެވެ.

މިފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ސާނަވީ އާއި މަތީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދީ، އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވައިލައްވައިފައެވެ. މިކަމާއި ގުޅިގެން، ގިނަ ބަޔަކު މިނިސްޓްރީއަށް ތަޢުރީފު ކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!