ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ދައުލަތުގެ ސިއްރު ހާމަކުރި ކަމުގެ ދައުވާ އުފުލައިފި
އަންނަ ފެބްރުއަރީ މަހު ބާއްވާ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަށް އާ ލޮޅުމެއް ލިބޭ ގޮތަށް އުފުލާފައިވާ ދައުވާގެ ދަށުން ދައުލަތުގެ ސިއްރުތައް ލީކުކޮށްލި ކަމުގެ ދައުވާއަށް ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކުށަށް އިއުތިރާފުވެއްޖެ އެވެ.
މި ދައުވާތަކަކީ ޕާކިސްތާނުގެ ވޮޝިންޓަންގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު މިދިޔަ އަހަރު އިސްލާމްއާބާދަށް ފޮނުއްވި ސައިފަރ ނަމަކަށް ކިޔާ ކްލެސިފައިޑް ކޭބަލަކާ ގުޅޭ ދައުވާއެކެވެ.
"ކޯޓު ތެރޭގައި ދައުވާތައް އަޑުގަދަކޮށް ކިޔެވި،" ސަރުކާރުގެ ވަކީލް ޝާހް ޚަވާރު ބުދަ ދުވަހު ވިދާޅުވީ އިމްރާނާއި އޭނާގެ ބައިވެރިން ކަމަށްވާ ކުރީގެ ފޮރިން މިނިސްޓަރު ޝާހު މަހްމޫދު ގުރައިޝީ ވެސް ދައުވާއަށް އިންކާރު ކުރެއްވި ކަމަށެވެ.
އިމްރާންގެ ގާނޫނީ ވަކީލް ގޯހަރް ޚާން ވަނީ އެ ދައުވާ ސައްހަވާނީ ދައުވާ ލިބޭ ފަރާތުން ސޮއިކޮށްގެން ކަމަށް ބުނެ ދައުވާއާ ދެކޮޅު ހައްދަވައިފަ އެވެ. ކުރީގެ ބޮޑުވަޒީރު މީގެ ކުރިން ވިދާޅުވެފައި ވަނީ ކޭބަލްގައި ހުރި ތަކެތި އެހެން ވަސީލަތްތަކުން މީޑިއާގައި ފެންނަ ކަމަށެވެ.
ވަކީލުން ވިދާޅުވީ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
މިއީ ޓެކްނިކަލް ސަބަބުތަކާ ހުރެ ސުޕީރިއާ ކޯޓަކުން މީގެ ކުރިން ކުރި ދައުވާ ބާތިލުކޮށް، ރަނގަޅު އިޖުރާއާތެއް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ބުނެ، އިމްރާންގެ މައްޗަށް ވެސް ހަމަ އެ ދައުވާ އުފުލި ދެވަނަ ފަހަރެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ޖަލުގައި ކުރިއަށް ގެންދާ އާ ޝަރީއަތެއް އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވަނީ އޭނާގެ ވަކީލުންނާއި އާއިލާގެ އިތުރުން ހޮވިފައިވާ ބައެއް ނޫސްވެރިންގެ ހާޒިރުގަ އެވެ.