ޚަބަރު ސަރުކާރު

ދައުލަތުގެ ބަޖެޓުން މިސްކިތްތަކަށް ކުރާ ހޭދަ ތިން ގުނަ އިތުރު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައު ސަރުކާރު ޙަވާލުވި ފަހުން، ދައުލަތުގެ ބަޖެޓުން މިސްކިތްތަކަށް ކުރާ ހޭދަ ތިން ގުނައަށް އިތުރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ޝަހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވައި ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމުގެ ގޮތުން، ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށާއި، އެކަމަށް މިހާރު 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ.

މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތްތަކަށް، ރައީީސް މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައި ވެސް ބޮޑު އިސްކަމެއް ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!