ރީތި ބީޗް ރިސޯޓުން ކޮވިޑް-19 އަލާމާތްތައް ހުރި މީހަކު ޓެސްޓު ކުރަނީ
ރީތި ބީޗް ރިސޯޓުން ކޮވިޑްގެ އަލާމާތްތައް ހުރި މީހަކު ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މި ބައްޔަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.
10 މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.