ދުނިޔެ

ޓައިވާނުގެ ޓެކްޓިކަލް އިންފޮމޭޝަން ސިސްޓަމްތަކަށް 300 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އެމެރިކާއިން ފާސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޓައިވާނުގެ ޓެކްޓިކަލް އިންފޮމޭޝަން ސިސްޓަމްތަކަށް 300 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އެމެރިކާއިން ފާސްކޮށްފި

ޓައިވާނުގެ ޓެކްޓިކަލް އިންފޮމޭޝަން ސިސްޓަމްތައް ބެލެހެއްޓުމަށް އެހީވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 300 މިލިއަން ޑޮލަރުގެ ސާމާނު ވިއްކުމަށް ހުއްދަ ދީފައިވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

Ads by WAMCO

ޗައިނާއިން އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ބުނާ ޓައިވާނަށް ދިފާއުވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެމެރިކާއިން ގާނޫނުން ލާޒިމްކުރާ ކަމެކެވެ. ހަތިޔާރު ވިއްކުމަކީ ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު ވަރަށް ގިނައިން ނުތަނަވަސްކަން އުފެދޭ ކަމެކެވެ.

ޕެންޓަގަންގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އޭޖެންސީން ބުނީ މިއީ ޓައިވާނުގެ ކޮމާންޑް، ކޮންޓްރޯލް، ކޮމިއުނިކޭޝަންސް އެންޑް ކޮމްޕިއުޓާސް ނުވަތަ ސީ4 ގެ ގާބިލްކަން ދެމެހެއްޓުމަށް ފޮލޯ އޮން ލައިފް ސައިކަލް ސަޕޯޓަށް ވިއްކާލި އެއްޗެއް ކަމަށެވެ.

މި އެހީގެ ސަބަބުން ޓައިވާނުގެ "އޮޕަރޭޝަނަލް ރެޑީނެސް އިތުރުކޮށްގެން މިހާރުގެ އަދި މުސްތަގުބަލުގައި ހުރި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލްކަން" އިތުރުވެ، ޓެކްޓިކަލް މައުލޫމާތު ރައްކާތެރިކަމާއެކު ފޯރުކޮށްދޭ ސީ4 ގެ ގާބިލްކަން ދެމެހެއްޓޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނީ މި ސޭލްގެ ސަބަބުން އެގައުމުގެ ޖޮއިންޓް ކޮމްބެޓް ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމްތަކުގެ އަސަރު ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށާއި އެހެންކަމުން ހަނގުރާމައިގެ މައިދާނުގައި ހޭލުންތެރިކަން އިތުރުކުރެވޭނެ ކަމަށެވެ.

"ޗައިނާގެ ކޮމިއުނިސްޓުން ޓައިވާނުގެ ވަށައިގެން ގިނަފަހަރަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ނުރައްކަލެއް،" އެ މިނިސްޓްރީން ބުނީ، އެއް މަސް ދުވަހުގެ ތެރޭގައި މި ވިއްކުމަށް "އަމަލުކުރަން ފަށާނެ" ކަމަށް އުއްމީދު ކުރާ ކަމަށާއި، އެ ވިއްކާލުމުން އެމެރިކާއަށް ޝުކުރު އަދާކުރާ ކަމަށެވެ. އެމެރިކާގެ ކޮންގްރެސްއަށް އެކަން އެންގުމުން ވިއްކުން ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!