ޚަބަރު

މޯލްޑިވިއަންއަށް ދެ ވައިޑް ބޮޑީ އެއަރކްރާފްޓް ގެންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރުފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

Ads by Hajj Corporation

ވައިޑް ބޮޑީ އެއަރކްރާފްޓަކީ ދިގު ދަތުރުތަކަށް ޚާއްސަ އެއަރކްރާފްޓެވެ. މި ފްލައިޓްތަކަކީ ފުޅާ އެއަރކްރާފްޓްތަކެކެވެ. އެއާއެކު ގިނަ ފަސެންޖަރުން އެއް ފަހަރާ އުފުލެއެވެ.

މޯލްޑިވިއަންއިން ވައިޑް ބޮޑީ ދެ އެއަރކްރާފްޓް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"މި ފައިސާ ހަމަޖައްސާނީ ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުން. މިގޮތަށް ބޭނުންވާ ދެ އެއާކްރާފްޓް ގެނައުމަށްވެސް ވަނީ ނިންމާފަ،"  ޝަހީބު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!