ދުނިޔެ

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އިތުރު ހަމަނުޖެހުންތަކެއް ހިނގައި ފުލުހުންނާއި ސިފައިން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕޮލިސް ސްޓޭޝަނަކާއި އަސްކަރިއްޔާގެ އައުޓްޕޯސްޓަކަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކުގައި ގިނަ އޮފިސަރުންނާއި ސިފައިން މަރުވެ ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by WAMCO

އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ތާލިބާނުންގެ ކުރީގެ ބާރުގަދަ ސަރަހައްދުތަކުގައި ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، ހުކުރު ދުވަހުގެ ހެނދުނު މި ހަމަލާތައް ދީފައި ވެ އެވެ. މީގެ ތިން ދުވަސް ކުރިން އެ ޕްރޮވިންސްގެ ޚައިބަރު ޕަޚްތޫންޚުވާގައި ދިން ބޮމުގެ ހަމަލާއެއްގައި ޕާކިސްތާނުގެ 23 ސިފައިން ވަނީ މަރުވެފައެވެ.

ހުކުރު ދުވަހު ފުލުހުންނަށް ހަމަލާ ދީފައިވަނީ އެ ޕްރޮވިންސްގެ ޑެރާ އިސްމާއިލް ޚާން ޑިވިޝަންގެ ޓޭންކް ޑިސްޓްރިކްޓްގަ އެވެ. ފުލުހުން ބުނީ މި ހާދިސާގައި ދެ އޮފިސަރަކު މަރުވެ އިތުރު ތިން މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އަލްޖަޒީރާގެ އާބިދު ހުސައިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ހަމަލާދިން މީހުންގެ ތެރެއިން ތިން މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ފުލުހުން ދެ މީހަކު މަރުވި އިރު، ތިން ވަނަ މީހާ ވަނީ އަމިއްލައަށް ގޮއްވާލާފަ އެވެ. އަދި ގޮއްވާލާފައި ނުވާ ސުއިސައިޑް ޖެކެޓެއް ވެސް ފެނިފައިވާ ކަމަށާއި އެ ކޮމްޕައުންޑް ރައްކާތެރި ކުރުމަށް ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ފުލުހުންގެ އޮފިޝަލް އިފްތިހާރު ޝާހު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ، "އަހަރެމެންގެ ގާޑްގައި ތިބި ސިފައިން އެމީހުން އެތައް ގަޑިއިރެއް ވަންދެން ބަޑީގެ ހަމަލާތަކެއްގައި ހަރަކާތްތެރިވި" ކަމަށާއި ފުލުހުންގެ އޮފިސަރުން ޒަހަމްވެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ޑޯންނިއުސްޓީވީއާ ހަވާލާދީ ޝާހު ވިދާޅުވީ އެ ޕޯސްޓުގައި ތިބި ބާކީ ތިބި ހުރިހާ އޮފިސަރުން ސަލާމަތުން ނެރެފައިވާ ކަމަށާއި އެ ސަރަހައްދުގައި ތިބި އިތުރު ހަތިޔާރު އެޅި މީހުންގެ އެލާޓްތަކާ އެކު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ދާ ކަމަށެވެ. އަންސާރުލް އިސްލާމް ނަމަކަށް ކިޔާ ހަތިޔާރު އެޅި ޖަމާއަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ރޮއިޓާސްގެ ރިޕޯޓަރަކަށް ނެރުނު ބަޔާނެއްގަ އެވެ. ނަމަވެސް ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އަންސާރުލް ޖިހާދު ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!