ދުނިޔެ

ދެކުނު ޗައިނާ ކަނޑުގައި ހަކަތަ ހޯދުމުގެ އާ މަޝްރޫއުތަކެއް ފަށަން ފިލިޕީންސް އިން ބޭނުންވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ "އެކްސްޕްލޯރޭޝަން މައްސަލަތައް" ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އެ ގައުމުގެ ހަކަތައިގެ ބޭނުންތައް ފުއްދުމަށް ޓަކައި ވަސީލަތްތައް މުއްސަނދި ފެނުގެ މަގުގައި ހަކަތަ ހޯދުމުގެ އާ މަޝްރޫއުތައް ފެށޭނެ ކަމަށެވެ.

Ads by WAMCO

ހޮނިހިރު ދުވަހު ޖަޕާނުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މާކޯސް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ނުތަނަވަސްކަން މިފަހަކަށް އައިސް "ކުޑަވުމުގެ ބަދަލުގައި އިތުރުވެފައިވާ" ކަމަށާއި، "މިއަށްވުރެ ހަރުދަނާ ޗައިނާ" އަކީ އޭޝިއާގެ އަވަށްޓެރި ގައުމުތަކަށް ހަގީގީ ގޮންޖެހުމެއް ކުރިމަތިވެފައިވާ ގައުމެއް ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ތެލާއި ގޭހުގެ ވަސީލަތްތައް ގުޅިގެން ހޯދުމުގެ މަޝްވަރާތައް ފިލިޕީންސާއި ޗައިނާ އިން އަލުން ފަށައިފި އެވެ.

ނަމަވެސް މަޝްވަރާތަކާ ގުޅޭ ގޮތުން "ވަރަށް ކުޑަ ކުރިއެރުމެއް" ލިބިފައި ނުވާ ކަމަށް ޖަޕާނުގެ ޓޯކިޔޯ ސަމިޓާއި އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ބައިވެރިވެވަޑައިގަންނަވަމުން މާކޯސްގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

"އަޅުގަނޑުމެން އަދިވެސް މިތިބީ ޑެޑްލޮކްގައި،" ފިލިޕީންސުން ބޭނުންވަނީ ފޮސިލް ފިއުލް އާއި ކޯލް އަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ލިކުއިފައިޑް ނެޗުރަލް ގޭހަށް ބަދަލުވާން ބޭނުންވާ ދަނޑިވަޅެއްގައި ހުޅަނގު ފިލިޕީންސް ކަނޑުގައި ހަކަތައިގެ ރިޒާވް ބޭނުން ކުރުމުގެ ހައްގުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މާކޯސް ވިދާޅުވި އެވެ.

މެނީލާ އިން ސިފަކުރަނީ އެގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރޭގައި ހިމެނޭ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ހުޅަނގު ފިލިޕީންސް ކަނޑުގެ ގޮތުގަ އެވެ.

ހަކަތަ ހޯދުމުގައި އެއްބާރުލުން ދޭނެ ގާނޫނީ ގޮތުން އެކަށީގެންވާ ގޮތެއް ހޯދުމުގެ މަސައްކަތް ތަކުރާރުކޮށް ހުއްޓިފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު ކުރީގެ ސަރުކާރުން ވަނީ ދުސްތޫރީ ހުރަސްތަކާއި ސިޔާދަތުގެ މައްސަލަތައް ހުރި ކަމަށް ބުނެ މަޝްވަރާތައް ހުއްޓާލައިފަ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!