ޚަބަރު

ކޮވިޑް-19: ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ އާއިލީ ބައްދަލުވުންތައް މެދުކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ވަކީލުންގެ ބައްދަލުވުންތައް މެދުކަނޑާލައިފިއެވެ.

Ads by STELCO

ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ބަންދު މީހުންނަށް އާއިލީ ބައްދަލުވުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ 10 ދުވަހަކުން 10 މިނެޓުގެ ފޯނު ކޯލެއް ކުރުމުގެ ފުރުސަތު ދެވިގެން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަންދުގައި ހުންނަ އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެނޫން ހާލަތުގައިވެސް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަަމަށާއި އޭގެ ބަދަލުގައި ވަކީލުންނަށް ގުޅައިގެން ފޯނުން ވާހަކަ ދެއްކުމަށް 30 މިނެޓުގެ ފޯނު ކޯލުގެ ފުރުސަތު ދެވިގެން ދާނެ ކަމަށް ބުންޏެވެ.

ފުލުހުންގެ އިތުރުން ކަރެކްޝަނުން ވެސް ވަނީ ގައިދީންނަށް އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައެވެ. އަދި އާއިލާގެ ފަރާތުން ދެމުން ގެންދާ އަންނައުނުތައް ވެސް މިވަގުތަށް ވަނީ ގެނައުން މެދުކަނޑާލާފައެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 10 މީހަކު ޕޮޒިޓިވްވެފައިވާއިރު މުޅި ރާއްޖެއަށް ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!