އިސްތަށިގަނޑު ސްޓައިލްކޮށްލައިދޭ ހިޕްސްޓަރ ޕޮމޭޑް ގަނެލަން މިހާރު މާފަސޭހަ ، ރަށްރަށުގެ އެޖެންޓުންނަށް ވުމުގެ ފުރުސަތު ވެސް

ޒުވާނުންގެ މެދުގައި މަގުބޫލު ވަމުން އަންނަ ހިޕްސްޓަރ ޕޮމޭޑް އުރީދޫގެ މުލީ އަދި އީޓުކުރީގައި ލިސްޓް ކޮށްފިއެވެ. މިއާއެކު ފިހާރައަށް ނުގޮސް އެމީހަކު ހުރިތަނެއްގައި ހުރެ ގަނެލުމުން ބޭނުން ތަނަކަށް ފޮނުވައިދިނުމުގެ އިންތިޒާމް ހިޕްސްޓަރ ޕޮމޭޑުން ވަނީ އިންތިޒާމް ކޮށްފައެވެ.
ކޮންމެ ރަށެއްގައި ހުރެގެން ވެސް ހިޕްސްޓަރ ޕޮމޭޑް ގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ހާމަ ކުރަމުން ސޭލްސް މެނޭޖަރ މުހްލިސް ވިދާޅުވީ މި ގޮތަށް މި ދެ ޕްލެޓްފޯމުން ވިއްކަން ފެށީ ޚާއްޞަކޮށް މި ދުވަސްވަރު ފިހާރަތަކަށް ނުގޮސް ވެސް ހިޕްސްޓަރ ޕޮމޭޑް ގަނެވޭނެ މަގު ފަހި ކޮށްދިނުމަށް ކަމަށެވެ.
''ދެން އެންމެ ބޮޑު އަނެއް ބޭނުމަކީ ހަދިޔާއަކަށް ރައްޓެއްސަކަށް ވިޔަސް ނުވަތަ ލޯބިވެރިޔާއަށް ވިޔަސް ގަނެލާފަ އެ ބުނާ ތަނަކަށް ފޮނުވައިދިނުން ، އަޅުގަނޑުމެންގެ ވަރަށް ގިނަ ބަޔަކު މިއުޅެނީ އަތޮޅުތެރޭ ރަށްރަށުގައި ، މިހާރު ކޮންމެ ރަށެއްގައި ހުއްޓަސް ހިޕްސްޓަރ ޕޮމޭޑް ގަނެވޭނެ'' މުހްލިސް ވިދާޅުވިއެވެ.
މި ޕްރޮޑަކްޓާއި ގުޅޭ ގޮތުން މުހްލިސް ވިދާޅުވީ މިއީ ހަމައެކަނި ޒުވާނުންނަށް ޚާއްޞަ ޕްރޮޑަކްޓެއް ނޫން ކަމަށާއި މިއީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކާ ވެސް ގުޅޭނެ ޕްރޮޑަކްޓެއް ކަމަށެވެ.
''އިސްތަށިގަނޑު އެކި ސްޓައިލްތަކަށް ބަހައްޓަން ބޮޑަށް ބޭނުންވަނީ ޒުވާނުން ، އެހެންވެ ބޮޑަށް ޒުވާނުންނަށް ޚާއްޞަ ކަމަށް ބައެއް މީހުން ދެކެނީ" މުހްލިސް ވިދާޅުވިއެވެ.

ހިޕްސްޓަރ ޕޮމޭޑް މިވަގުތު މާލެއިން ލިބެން ހުންނާނީ ލެކިއުޓް ، ބީ ބިއުޓިފުލް ، ކެރެޓް މާޓް އަދި ދޮންއަދަރާދަ މަގުގައި ހުންނަ ބިއުޓިކް ، ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި ހުންނަ ބޮޑީ ކޮންސެޕްޓް ،މާފަންނު ސަހަރާ ކައިރީގައި ހުންނަ އަލަބާއިންނެވެ. މީގެ އިތުރުން ވިލިމާލޭގައި ހުންނަ އަލިޝްބާ އާއި ހުޅުމާލޭގައި ހުންނަ ޒައިލީން ބިއުޓީން ވެސް މި ޕްރޮޑަކްޓް ލިބެން ހުންނާނެއެވެ.
އަތޮޅު ތެރޭ ރަށްރަށުން ހިޕްސްޓަރ ޕޮމޭޑް ވިއްކަން ބޭނުންވާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް މުހްލިސް ވިދާޅުވިއެވެ. އެގޮތުން 7941565 ނަމްބަރު ފޯނާއި ގުޅުއްވާ ނުވަތަ ހިޕްސްޓަރ ޕޮމޭޑްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މައުލޫމާތު ސާފު ކުރެއްވުމަށް މުހްލިސް އެދި ވަޑައިގެންނެވިއެވެ.

ހިޕްސްޓަރ ޕޮމޭޑްއަކީ މިވަގުތު ރާއްޖޭގެ މާކެޓްގައި ހުރި އިސްތަށިގަނޑު ސްޓައިލް ކުރުމަށް އެންމެ ފަސޭހަ އެންމެ މޮޅު އުފެއްދުމެވެ.