ޕާކިސްތާނުގެ ހަމަލާއެއް ކާބުލްގެ ސަރުކާރަށް
ޕާކިސްތާނުން އެންމެ ބޮޑަށް ސިއްރުކޮށްފައި ވަނީ، ރަޝިޔާއާ ދެކޮޅު އަދި ފަހުން އަފްޣާނިސްތާނުގައި އެމެރިކާއާ ދެކޮޅު ކެމްޕެއިންތަކުގައި ހަރަކާތްތެރިވާ މުޖާހިދުންގެ އެންމެ އިސް ސިފައިން، އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ވެރިކަމުގައި ތިބި ތާލިބާނުންކަން، ޕާކިސްތާނުގެ ހާއްސަ "ފެހި" ޕާސްޕޯޓް ގެންގުޅުނު ކަމެވެ.
ތާލިބާނުންގެ ވެރިކަން ކުރާ އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރު ސިރާޖުއްދީން ޙައްކާނީގެ އަތުގައި ޕާކިސްތާނުގެ ޕާސްޕޯޓެއް އޮތްކަމާއި، އެ ޕާސްޕޯޓް ކެންސަލްކޮށްފައިވާކަމަށް ބުނެ ޑްރާމެޓިކް "ހާމަކުރުން" އެއީ ޕާކިސްތާނުން ކާބުލް ސަރުކާރަށް އަދަބު ދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އިސްލާމްއާބާދުގެ ގުޅުން ހީނަރުވެފައިވާއިރު، އިސްލާމްއާބާދު ބޭނުންވަނީ އެއްބާރުލުން ނުދޭ ކާބުލްގެ ވެރިކަމެއް ކުށްވެރިކޮށް އަނެއްކާވެސް "ޓެރަރިޒަމްގެ ޝިކާރައަކަށް" ވުމަށެވެ. އަފްޣާނިސްތާނުގެ ސަލާމަތީ ތަންތަނުން ހަރަކާތްތެރިވާ ކަމަށް ބުނާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމުގައި އަފްޣާނިސްތާނުން އެއްބާރުލުން ނުލިބުމުން އެގައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ލިބޭ ބަލަހައްޓާ ސަރުކާރުން ވަނީ ހިތާމަފާޅުކޮށްފަ އެވެ.
ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން ދަނީ އަފްޣާނިސްތާނުގެ ރައްޔިތުން އެގައުމުގެ ފަސްގަނޑުން ބޭރުކުރަމުން ކަމަށާއި އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ވެސް ހިމެނޭ ކަމަށާއި ޕާކިސްތާނުގެ ސަލާމަތަށް ބުރޫ އަރާ ކަމަށް ބުނެ އެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރެފިއުޖީންގެ ދަރަޖަ ނުލިބޭ ރަޖިސްޓްރީ ނުކުރާ އަފްޣާނިސްތާނުގެ 1.7 މިލިއަން މީހުންގެ ތެރެއިން 330،000 އަށް ވުރެ ގިނަ މީހުން އޮކްޓޯބަރު މަހުން ފެށިގެން އަނބުރާ ފޮނުވާލާފައިވާއިރު، ދުވާލެއްގެ މައްޗަށް އިތުރު ބަޔަކު ދަނީ ބޭރަށް ފޮނުވަމުންނެވެ.
މި ޢާއިލާތައް ބޭރުކޮށްލަނީ، މިހާރުވެސް ފަޤީރު، އެކަހެރިވެފައިވާ އަވަށްޓެރިއަކަށް ކަންކަން ދަތިވެ، ދުނިޔޭގެ މުޖުތަމަޢުގެ މެދުގައި ކަންބޮޑުވުމެއް އުފެދިގެން ދިއުމުގެ ބޭނުމުގައެވެ.
ޙައްކާނީއަށް ބަލާއިރު، އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ކަމުގައިވާ ޖަލާލުއްދީން އިސްކޮށް ހުންނަވާ ޙައްކާނީ ޤަބީލާއަކީ ޕާކިސްތާނުގެ އައި.އެސް.އައި.ގެ ޒަމާންވީ ފޭވަރިޓެކެވެ. ހައްކާނީ ނެޓްވޯކް ބޭނުންކުރީ އައިއެސްއައި އިން އަފްޣާނިސްތާނުން ބޭރުގައި ބަހައްޓަން ބޭނުންވާ ކޮންމެ ވެސް ފަރާތަކާ ދެކޮޅަށެވެ. މިއަދު ޖަލާލުއްދީންގެ ދަރިކަލުންނަކީ ތާލިބާނުންހިންގާ ސަރުކާރުގެ މުހިންމު ވަޒީރުންނެވެ. ދާޚިލީ ވަޒީރު ސިރާޖުއްދީން އަކީ ތާލިބާނުންގެ ހަރަކާތުގެ ޑެޕިއުޓީ ޗީފް ވެސް މެ އެވެ.