ދުނިޔެ

ޗައިނާއަށް އައި ބިންހެލުމާ ގުޅިގެން އަދިވެސް އެތައް ބަޔަކު ގެއްލި، 137 މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގު އުތުރު ގަންސޫ ޕްރޮވިންސަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން އެތައް ބަޔަކު ގެއްލުނު އިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ނިމުނީ ކޮން ސްޕީޑެއްގައިތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

Ads by WAMCO

ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަންސޫ އާއި ކިންގްހައި ޕްރޮވިންސްގެ ބޯޑަރު ކައިރީގައި އޮންނަ ދުރު އަދި ފަރުބަދަމަތީ ސަރަހައްދަކަށް ކާރިސާ ހިނގިތާ ގާތްގަނޑަކަށް 15 ގަޑިއިރު ފަހުން އަންގާރަ ދުވަހުގެ މެންދުރު ފަހު 3:00 ހާއިރު ގަންސޫގައި ސާޗް އެންޑް ރެސްކިއުގެ މަސައްކަތް ވަނީ ނިމިފަ އެވެ. ކިންގްހައިގައި ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމެއް އަދި ސާފެއް ނުވެއެވެ.

ގަންސޫގައި ބުދަ ދުވަހުގެ ހެނދުނު 9:00 އާ ހަމައަށް 115 މީހުން މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި 784 މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ގަންސޫއިން އެއްވެސް މީހަކު ގެއްލުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އަވަށްޓެރި ކިންގްހައިގައި މަރުވި މީހުންގެ އަދަދު 22 އަށް އަރާފައިވާއިރު ބުދަ ދުވަހުގެ ރޭ 8:56 އާ ހަމައަށް 198 މީހުން ޒަޚަމްވެ 12 މީހަކު ވަނީ ގެއްލިފައެވެ.

ގަންސޫގައި 207،000 އަށް ވުރެ ގިނަ ގެތައް ހަލާކުވެ، ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ މީހުން ވެއްޓި، 145،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.

އޮންލައިންކޮށް ދެކެވުނު ވާހަކަތަކުން، ގަންސޫގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ތައް ކިހާ އަވަހަކަށް ނިމުނީތޯ ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން ދިޔައިރު، ގިނަ ބަޔަކު ބުނަމުން ދަނީ، ސަބް-ފްރީޒިން ފިނިހޫނުމިނަކީ ސަލާމަތްވި މީހުން ހޯދުމުގެ "ރަނުގެ މުއްދަތު" ކުރުކުރުމުގެ މައިގަނޑު ސަބަބު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!