ދުނިޔެ

އައިއެމްއެފްގެ އިންޒާރަށް އިންޑިއާގެ ބިރެއް ނެތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިން އިންޒާރަކީ ރާއްޖޭގެ ދަރަނީގެ ނިސްބަތް 100 ޕަސެންޓަށް އަރާނެ ކަމަށް ބުނެ ދިން އިންޒާރަކީ އެންމެ ގޯސް ހާލަތެއް ކަމަށާއި އެއީ "ފައިޓް އެކޮމްޕްލީ" އެއް ނޫން ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

Ads by Sosun Fihaara

އައިއެމްއެފުން އެސްއޯ އާޓިކަލް 4 ރިވިއުގައި ބުނެފައި ވަނީ ފެޑެރަލް އަދި ސްޓޭޓް ސަރުކާރުގެ ދަރަނި ހިމެނޭ އިންޑިއާގެ އާންމު ސަރުކާރުގެ ދަރަނި 2028 ވަނަ އަހަރު އަންނަންވާއިރަށް ނުރަނގަޅު ހާލަތްތަކުގައި ޖީޑީޕީގެ 100 ޕަސެންޓަށް އަރާނެ ކަމަށެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން ބުނީ މިއީ "އެންމެ ގޯސް ހާލަތެއް ކަމަށާއި އެއީ ފައިޓް އެކޮމްޕްލީ އެއް ނޫން" ކަމަށެވެ.

އަދި 2022/23 ވަނަ އަހަރު 81 އިންސައްތަގައި އޮތް އިންޑިއާގެ ދަރަނި ޖީޑީޕީ ރޭޝިއޯ، ރަނގަޅު ހާލަތްތަކުގައި އެ މުއްދަތުގައި 70 އިންސައްތައަށް ވުރެ ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

"އެހެންވީމާ، މެދުރާސްތާގައި އާންމު ސަރުކާރުގެ ދަރަނި ޖީޑީޕީގެ 100 އިންސައްތައަށްވުރެ މައްޗަށް ދާނެ ކަމަށް އެ ރިޕޯޓުން ދޭހަވާ އެއްވެސް މާނައެއް އޮޅުވާލަނީ،" މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!