ޚަބަރު

ސަމާލުވޭ، ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ދުވަސްތަކަކީ މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) މިއަދު އިލްތިމާސް ކޮށްފިއެވެ.

Ads by STELCO

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ހަފްތާ އަކީ މެދުރާއްޖެތެރެ އާއި ދެކުނަށް ވިއްސާރަ ދުވަސްކޮޅެއް ކަމަށާއި ހަފްތާގެ ފަހު ކޮޅު އުތުރަށް ވެސް ވިއްސާރަ ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި، 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މި ދުވަސްވަރު، ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!