ޚަބަރު ދުނިޔެ

ޓައިވާނުގެ ވަށައިގެން ޗައިނާގެ 7 ޖެޓާއި 2 އުޅަނދެއް ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރީ ހަތް މަތިންދާބޯޓާއި ކަނޑުގެ ސިފައިންގެ ދެ އުޅަނދެއް އެ ގައުމުގެ ވަށައިގެން ފެނިފައިވާ ކަމަށެވެ.

Ads by WAMCO
Ads by STELCO

އެމްއެންޑީން ބުނީ ޑިސެމްބަރު 22 ވާ ހުކުރު ދުވަހުގެ ހެނދުނު ހަތަރަކާއި ޑިސެމްބަރު 22 ވާ ހޯމަ ދުވަހުގެ ހެނދުނު 2:00 ހާއިރު ޗައިނާގެ މަތިންދާ ބޯޓުތަކާއި ކަނޑުގެ އުޅަނދުތައް ޓްރެކްކޮށްފައިވާ ކަމަށެވެ.

ޓައިވާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީއެލްއޭގެ ހަތް މަތިންދާބޯޓުގެ ތެރެއިން ތިން މަތިންދާ ބޯޓު (ދެ ޝިއާން އެޗް-6 އަދި ޝާންސީ ވައި-8) ވަނީ އެ ގައުމުގެ ހުޅަނގު ދެކުނު އަދި ދެކުނު އިރުމަތީ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) އަށް ވަދެފަ އެވެ.

ޓައިވާނުން ރައްދު ދިނީ މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތަކާއި ވައިގެ ދިފާއީ މިސައިލް ސިސްޓަމްތަކާ އެކު ޕީއެލްއޭގެ އޮޕަރޭޝަންތައް މޮނިޓާކޮށްގެންނެވެ.

ބެއިޖިންއިން ވަނީ މިމަހުގެ މިހާތަނަށް 126 ނޭވީ އުޅަނދާއި 198 އަސްކަރީ މަތިންދާބޯޓާއެކު ޓައިވާން ވަށާލާފައެވެ.

ޓައިވާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން އަންނަނީ ގްރޭ ޒޯން ޓެކްޓިކްސް ގިނައިން ބޭނުންކުރަމުން ކަމަށާއި، ޓައިވާން ސަރަހައްދުގައި އަސްކަރީ މަތިންދާ ބޯޓުތަކާއި ކަނޑުގެ ސިފައިންގެ އުޅަނދުތައް މަޑުމަޑުން ފުޅާކުރަމުން އަންނަ ކަމަށެވެ.

ގްރޭ ޒޯން ޓެކްޓިކްސް މާނަކޮށްފައި ވަނީ "ސީދާ އަދި ބާރުގެ ބޭނުން ކުރުމެއް ނެތި، ސަލާމަތީ މަގްސަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތްތަކާއި، ސްޓެޑީ-ސްޓޭޓް ޑިޓެރަންސް އާއި ޔަގީންކަމުގެ ބޭރުން ކުރާ މަސައްކަތެއް ނުވަތަ ސިލްސިލާ މަސައްކަތެއް" ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!