ޚަބަރު

ކޮވިޑަށް ފަރުވާދޭން ތާޖުއްދީނުގައި އެސްޓީއޯއިން 19 އެނދު ގާއިމް ކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ތާޖުއްދީން ސްކޫލުގައި ތައްޔާރުކުރާ އޮބްޒްވޭޝަން ފެސިލިޓީގައި އެސްޓީއޯއިން 19 އެނދު ގާއިމް ކޮށްފިއެވެ.

Ads by STELCO

އެސްޓީއޯއިން ބުނީ ތާޖުއްދީން ސްކޫލްގައި ކޮވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމާފައިވާތީ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް 19 އެނދު ތައްޔާރު ކުރަމުން ދާ ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސި ވަމުން އަންނަ އިރު، ފެސިލިޓީތަކުގައި އެނދުމަތިކޮށް ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 68 ޕަސަންޓު ފުލްވެފައިވާއިރު، ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލް(އެޗްއައިއެޗް) އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ވަނީ ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!