ކާބުލްއާއި އިސްލާމްއާބާދުގެ ގުޅުން ހީނަރުވަނީ
މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ދިން ބޮމުގެ ހަމަލާއެއްގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގައި 23 ސިފައިން ވަނީ މަރުވެފަ އެވެ.
ޑެރާ އިސްމާއީލް ޚާން ޑިސްޓްރިކްޓްގައި ދިން މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ، ނުދަންނަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ޖިހާދު ޕާކިސްތާން (ޓީޖޭޕީ) އިންނެވެ. ޕާކިސްތާނުގެ ތާލިބާނުންގެ ދަރަޖަ ކުޑަ ނަމަވެސް، ޕާކިސްތާނުގެ ތާލިބާނުންގެ ނަމުން މަޝްހޫރު ވެފައިވާ ތަހްރީކް-އޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ފްރަންޓެއްގެ ގޮތުގައި ޓީޖޭޕީ މަސައްކަތް ކުރާ ކަމަށް އިސްލާމްއާބާދުގެ ތަޖުރިބާކާރުން ތުހުމަތު ކުރެ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިސްލާމްއާބާދުން ވަނީ އަފްޣާނިސްތާނުގައި ހިމާޔަތް ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ ޓީޓީޕީގެ ލީޑަރުން އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވާލައި އަފްޣާނިސްތާނުގެ ތާލިބާނުންނަށް ވަރުގަދަ ބަހުގެ މެސެޖެއް ދީފަ އެވެ. މި ހާލަތުގެ ސީރިއަސްކަމުން ޕާކިސްތާނުގެ ޕްރޮވިންޝަލް ވަޒީރަކު ވަނީ އަފްޣާނިސްތާނުގެ ތެރޭގައި ބަދަލު ހިފުމުގެ ހަމަލާތަކެއް ދިނުމަށް ވެސް ގޮވާލާފައެވެ.
އަފްޣާނިސްތާނުގެ ތާލިބާނުން ޓީޓީޕީގެ ލީޑަރުންނަށް ހިމާޔަތް ދިން ކަމަށް ބުނާ މައްސަލައިގެ ސަބަބުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ތާލިބާނުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ. ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ ރޮނގުން ޕާކިސްތާނަށް އެތެރޭގެ ގޮތުން ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. ޕާކިސްތާނުގެ ނާޒުކު ޕްރޮވިންސްތަކަށް ޓީޓީޕީ އާއި ހުއްޓުމެއް ނެތި ވަނުމުގެ ބާރު ޕާކިސްތާނުގެ އަސްކަރިއްޔާއަށް ކޮންޓްރޯލް ނުކުރެވެ އެވެ. ޓެރަރިސްޓް ޖަމާއަތްތަކަށް އެމީހުންގެ މަސްލަހަތު ފުއްދުމަށްޓަކައި، ޕާކިސްތާނުގެ އަސްކަރިއްޔާއިން ސިލެކްޓިވްކޮށް ތާއީދުކޮށް، ރައްކާތެރި ހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެމީހުންގެ ވިސްނުމުގެ އަގު އަދާކުރަމުންދާކަމީ ދޮގެއް ނުކުރެވޭނެ ކަމެކެވެ. ޝައުގުވެރިވާ ކަމަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޓީޖޭޕީ އުފެދުމުގެ ސަބަބުން ޕާކިސްތާނުގެ ހާލަތު އިތުރަށް ގޯސްވެފައި ވަނީ ޓީޓީޕީ އާއި އަފްޣާނިސްތާނުގެ ތާލިބާނުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ ޕާކިސްތާނަށް އުފުލަން ޕާކިސްތާނަށް އުނދަގޫވަމުންދާތީ އެވެ.