ދުނިޔެ

އެއްބައިވަންތަކަމުގެ ދުވަހު އާބަންކޯގެ ހާހެއްހާ މުވައްޒިފުން ބައިވެރިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަށް ވުރެ ގިނަ މުވައްޒަފުން އެކި އިދާރާތަކާއި އޮފީސްތަކުން ބައިވެރިވި ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

Ads by WAMCO

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު 8:30 ފެށިގެން ކުރިއަށް ގެންދިޔަ ހަފްލާގައި އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށް އެކުންފުނިން ބުނެއެވެ.މި ފަހްލާގައި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެވުނެވެ.

ގިނަ އަދެއްގެ މީހުން ބައިވެރިވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް އެވެ. އަދި ހަފްލާގެ ބައިވެރިންނާ މުހާތަބު ކުރައްވައި، ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ އެއް ލޭ ހިނގާ، އެއް އާއިލާއެއް ކަމަށާއި، އެއްބައިވަންތަކަން ބީވިޔަދީގެން ނުވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ސުނާމީ ކާރިސާއަށް ފަހު ކޮން އަހަރުވެސް ޑިސެމްބަރު 26 ވަނަ ދުވަސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި ފާހަގަކުރެއެވެ.

މިފަދަ ގައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް އާބަންކޯއިން އަބަދުވެސް އިސްކަން ދޭކަމަށް އެކުންފުނިން ބުނެއެވެ. އަދި މިފަދަ ގައުމީ މުނާސަބަތުތަކުގައި އާބަންކޯގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް ފެނިގެންދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!