ޚަބަރު

ރައީީސް މުޢިއްޒުގެ ވިސްނުންފުޅުގައި ވިލިމާލެއާއިމެދު ވަރުގަދަ ތަޞައްވުރެއް އެބައޮތް: ޚަލީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައި ވިލިމާލެއާއި ދޭތެރޭގައި ވަރަށް ވަރުގަދަ ތަޞައްވުރެއް އެބައޮތް ކަމަށް ހެލްތު މިނިސްޓަރ ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު މިގޮތަށް ވިދާޅުވީ، ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ވިލިމާލޭގައި ޓާޝަރީ ފެންވަރުގައި އަޅާ ހޮސްޕިޓަލަކީ އެ އަވަށުގެ ތަރައްޤީގެ ފެށުން ކަމުގައެވެ.

"ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް، 100 އެނދުގެ ހޮސްޕިޓަލެއް އިރާދަދަކުރެއްވިއްޔާ، މި ރަށުގައި އެޅިގެންދާއިރުގަ، ތި ބޭފުޅުން މި ޚިދުމަތް ހޯދަން ކުރަން ޖެހޭ ވަގުތުތަކަށް ވަރަށް ބޮޑު ކުރު ކަމެއް އެ އައީ." މިނިސްޓަރު ވިދާޅުވިއެވެ.

ޚަލީލު ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިއަދު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

 

Ads by Allied Insurance
  1. ލ ގަމުގައި އެޅުމަށް ނިންމި ކެންސާ ހޮސްޕިޓަލް ވިލިމާލެޔަށް ބަދަލްކުރެއްވީތޯ ؟