ދުނިޔެ

އިންޑިއާގެ ކަނޑުގެ އައްސޭރިފަށަށް ދިން ހަމަލާއަށްފަހު ގައިޑެޑް މިސައިލް ޑިސްޓްރޯޔަރ އުޅަނދުތައް ބަހައްޓަން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޒްރޭލާ ގުޅުން ހުރި މާޗަންޓް އުޅަނދެއް މިދިޔަ ހަފުތާ ބަންދުގައި އިންޑިއާގެ އައްސޭރިފަށަށް ވެއްޓުމާ ގުޅިގެން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން އަރަބި ކަނޑުގައި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރ އުޅަނދުތައް ބަހައްޓަން ނިންމައިފިއެވެ.

Ads by WAMCO

މިދިޔަ ހޯމަ ދުވަހު މުމްބާއީއަށް ބަނދަރުކުރި އެމްވީ ކެމް ޕްލޫޓޯ ނަމަކަށް ކިޔާ ދޯންޏަށް ދިން ހަމަލާގެ ބާވަތް ކަނޑުގެ ސިފައިން ބަލަމުން އަންނަ ކަމަށާއި ފުރަތަމަ ރިޕޯޓުތަކުން ޑްރޯން ހަމަލާއެއް ދިން ކަން ފާހަގަކުރެވިފައިވާ ކަމަށް ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ހަމަލާގެ ވެކްޓަރު ދެނެގަތުމަށް އިތުރު ފޮރެންސިކް އަދި ޓެކްނިކަލް އެނަލިސިސް ބޭނުންވާނެ ކަމަށާއި އޭގެ ތެރޭގައި އެކްސްޕްލޯސިވް ބޭނުންކުރާ ބާވަތާއި މިންވަރު ވެސް ހިމެނޭނެ،" ބަޔާނުގައި ވެ އެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ކަނޑުގެ ލޭންތައް ކަނޑުގެ ވިޔަފާރީގެ މުޢާމަލާތްތަކަށް ރައްކާތެރިކޮށް ބެހެއްޓުމަށް އިންޑިޔާއިން އަޒުމް ކަނޑައަޅުއްވާފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

"މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ނެޓް ސެކިއުރިޓީ ޕްރޮވައިޑަރެއްގެ ރޯލު އަދާކުރަނީ އިންޑިއާ. މި ސަރަޙައްދުގެ ކަނޑުގެ ވިޔަފާރި ކަނޑުން އުޑުގެ އުސްމިނަށް އުފުލިގެންދާނެކަން ކަށަވަރުކުރާނަން،" މުމްބާއީގައި އޮތް އެހެން ގައިޑެޑް މިސައިލް ޑިސްޓްރޯޔަރ އުޅަނދެއް ގެނައުމުގެ ރަސްމިއްޔާތުގައި ރާޖްނާތު ސިންގް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!