އިންތިޚާބު ކައިރިވެފައިވަނިކޮށް ޓައިވާނާ ދެކޮޅަށް އިތުރު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި
ޓައިވާނުގެ އިންތިޚާބަށް އަންނަ މަހު ކައިރިވަމުން އަންނައިރު، ޓައިވާނަށް ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ޗައިނާ ސަރުކާރުން ދީފިއެވެ.
ޓައިވާނުގައި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިޚާބު ބާއްވަނީ އެރަށަކީ އެޤައުމުގެ އަމިއްލަ ސަރަޙައްދެއްގެ ގޮތުގައި ދެކޭ ޗައިނާއިން ޗައިނާގެ އިސްތިޤްލާލުގެ ދަޢުވާތައް ޤަބޫލުކުރުމަށް ޓައިވާނަށް މަޖުބޫރުކުރުވަން މަސައްކަތް ކުރަމުންދާދަނޑިވަޅެއްގައެވެ.
ޓައިވާނުން މި މަހު ވަނީ ޗައިނާއިން އިގްތިސާދީ ގޮތުން މަޖުބޫރުކުރުވުމާއި އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެއީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ އުސޫލާއި 2010 ވަނަ އަހަރުގެ ވިޔަފާރީގެ އެއްބަސްވުމާ ހިލާފަށް ޓައިވާނުން ވިޔަފާރީގެ ހުރަސްތައް އަޅާފައިވާ ކަމަށް ޗައިނާއިން ކަނޑައަޅާފައި ވަނިކޮށެވެ.
ޑީޕީޕީ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ނައިބު ރައީސް ލައި ޗިންގް-ޓޭ އަކީ ވަކިވެގަތް މީހުން ކަމަށް ގަބޫލުކޮށްގެން ޗައިނާ އިން ނަފްރަތު ކުރެ އެވެ.
ލައި ވިދާޅުވީ އެ ރަށުގެ ރަސްމީ ނަން ކަމަށްވާ ރިޕަބްލިކް އޮފް ޗައިނާ އަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ނަމަވެސް އެ މީހުންގެ މުސްތަގުބަލް ކަނޑައެޅޭނީ ޓައިވާނުގެ ރައްޔިތުންނަށް ކަމަށެވެ. އަދި ތަކުރާރުކޮށް ޗައިނާއާއެކު މަޝްވަރާކުރުމަށް ހުށަހެޅުއްވި ނަމަވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.
ބަލިވި ރިޕަބްލިކަން ސަރުކާރު 1949 ވަނަ އަހަރު ޓައިވާނަށް ފިލައިގެން ދިޔައީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދި މާއޯ ޒޭޑޮންގްގެ ކޮމިއުނިސްޓުންގެ އަތުން ދާޚިލީ ހަނގުރާމައަކުން ބަލިވުމުންނެވެ.
ޗެން ވިދާޅުވީ ޓައިވާނަށް ދާންވީ ހިސާބާ މެދު "ކްރޮސްރޯޑްސް" އެއް ކުރިމަތިވެފައިވާ ކަމަށާއި ކޮންމެ ކަމެއް ވެސް މަޝްވަރާ ކުރެވޭނީ ޓައިވާނުގެ މިނިވަންކަމާ ދެކޮޅު ހެދުމުގެ މައްޗަށް ކަމަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ޓައިވާނުގެ މިނިވަންކަމުގެ މާނައަކީ ހަނގުރާމަ ކަމަށެވެ.
އެހެން ނަމަވެސް ޗޭން ވަނީ ޗައިނާގެ ހުޅަނގު އުތުރުގެ ދުރު ހިސާބަކަށް މި މަހު އައި ބިންހެލުމުގައި 149 މީހުން މަރުވުމާ ގުޅިގެން އެހީވުމަށް ފައިސާ ހަދިޔާކުރި ޓައިވާނުގެ ކުންފުނިތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.