ދުނިޔެ

އިންޑިއާއައެކު ގާތް ގުޅުމެއް ބަންގްލަދޭޝް އިން ބާއްވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ އަންނަ މަހު ބާއްވާ ޕާލަމެންޓޭ އިންތިޚާބުގައި އެކަމަނާ އަލުން އިންތިޚާބުވެވަޑައިގެންފިނަމަ އިންޑިޔާއާއެކު އެއްބާރުލުމާއި ރަހުމަތްތެރި ކަމުގެ ގުޅުން ދަމަހައްޓާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މިކަން އަލުން ކަށަވަރުކޮށްދެއްވީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބަށް ވެރިކަން ކުރާ އަވާމީ ލީގު ޕާޓީގެ މެނިފެސްޓޯ ބުދަ ދުވަހު އެކަމަނާ އިފްތިތާހު ކުރެއްވުމާ ގުޅިގެންނެވެ.

Ads by Sosun Fihaara

ހަސީނާ ވިދާޅުވީ، ބަންގްލަދޭޝްގެ ޕާޓީއަށް ކާމިޔާބީ އެއް ލިބިއްޖެނަމަ، ބަންގްލަދޭޝްގެ ތަރައްގީގެ މަސައްކަތުގައި ހުރިހާ ގައުމަކާއެކު ދެމިއޮންނާނެ ކަމަށާއި، ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ހާއްސަކޮށް އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުމުގެ ވާހަކަ ފާހަގަކޮށް މެނިފެސްޓޯގައި ބުނެފައި ވަނީ ޒަމާނުއްސުރެ ބިމުގެ ބޯޑަރު ކަނޑައެޅުމާއި އިންޑިއާއާއެކު އެންކްލޭވް ބަދަލުކުރުމުގެ މައްސަލަ އަށް ހައްލެއް ލިބިފައިވާ ކަމަށެވެ. މިކާމިޔާބީގެ ސަބަބުން އިންޑިޔާއާއެކު މަލްޓިލޭޓަރަލް އެއްބާރުލުމާއި ރަހުމަތްތެރި ކަމުގެ ގުޅުން ދެމެހެއްޓުމަށް ހިތްވަރު ލިބިއްޖެ."

އެކަމަނާގެ ޕާޓީގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހަސީނާގެ މެނިފެސްޓޯގައި އިތުރަށް ވިދާޅުވެފައިވަނީ "އަވަށްޓެރި ގައުމުތަކާ އެކު އެކި ދާއިރާތަކުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި އޭގެ ތެރޭގައި ކްރޮސް ބޯޑާ ކޮމިއުނިކޭޝަން، ޓްރާންސިޓް، އެނާޖީ ޕާޓްނާޝިޕް އަދި ހަމަހަމަ ފެން ހިއްސާކުރުން ހިމެނޭ" ކަމަށެވެ. "ބަންގްލަދޭޝްގެ ސަރަހައްދުގައި ހަނގުރާމަވެރިންނާއި ބައިނަލްއަގުވާމީ ޓެރަރިސްޓުންނާއި ވަކިވެގަތް ޖަމާއަތްތައް ތިބުން ހުއްޓުވުމަށް ބަންގްލަދޭޝް އޮތީ ސާބިތުކަމާ އެކު އަޒުމް ކަނޑައަޅައިގެން،" މެނިފެސްޓޯގައި ބުނެފައި ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައުތު އޭޝިއާ ޓާސްކް ފޯސް އެކުލަވާލައި މުޅި ސަރަހައްދުން އެކަން ނައްތާލުމުގައި އަވާމީ ލީގުގެ ސަރުކާރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

މެނިފެސްޓޯގައި ވާގޮތުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި ސަލާމަތީ ދާއިރާއިން އިންޑިއާއާއެކު އެއްބާރުލުން ދެމިއޮންނާނެ އެވެ. އިންޑިއާ، ބޫޓާން އަދި ނޭޕާލާއެކު ގުޅުން ބަދަހިކުރުމުގެ އާ ދާއިރާތަކުގެ ތެރޭގައި ހަކަތައިގެ އެއްބާރުލުމާއި ޖޮއިންޓް ރިވާ ވޯޓާ މެނޭޖްމަންޓް ހިމެނެ އެވެ. އަވާމީ ލީގުގެ އިންތިޚާބީ މެނިފެސްޓޯގައި ވަނީ 2041 ވަނަ އަހަރުގެ ނިޔަލަށް ބަންގްލަދޭޝް ސްމާޓް ގައުމަކަށް ބަދަލުކުރުމުގެ އުއްމީދީ އެޖެންޑާއެއް ވެސް ހިމަނާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!