ޚަބަރު

އިންޑިއާ ކަނޑަށް 5.6 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާ ކަނޑުގެ ސަރަހައްދަށް 5.6 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް މިއަދު އައިސްފައިވާއިރު، މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.

Ads by Hajj Corporation
ިއިންޑިއާ ކަނޑައެޅިގެން މި ބިންހެލުން އައިސްފައި ވަނީ، ކަނޑުގެ ސަރަހައްދުގެ 10 ކިލޯ މީޓަރުގެ އަޑިއަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އޭޕީއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު އިންޑޮނޭޝިއާއާ 286 ކިލޯމީޓަރު (178 މޭލު) ދުރުން 5.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ.

ދެކުނު ސުމަޓްރާއަށް މި ބިންހެލުން އައިސްފައިވާއިރު، މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފަައެއް ނުވެއެވެ.

އިއްޔެ ވެސް އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަތަރު ބިންހެލުމެއް ވަނީ އައިސްފައެވެ.

  1. Hello Neat post Theres an issue together with your site in internet explorer would check this IE still is the marketplace chief and a large element of other folks will leave out your magnificent writing due to this problem