ދުނިޔެ

ޕާކިސްތާނުގެ ރިޔާސީ އިންތިޚާބުގައި އިމްރާން ޚާންއަށް ބައިވެރިނުވެވޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ނަން އެ ގައުމުގެ އިންތިހާބީ އިދާރާއިން ބޭރުކޮށްލާފައިވާއިރު، އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ވަނީ އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެ ޕާޓީގެ ގިނަ ކެނޑިޑޭޓުންނަށް ބައިވެރިވުން ކަމާބެހޭ ފަރާތްތަކުން ހުއްޓުވާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

Ads by Sosun Fihaara

ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އުމުރުން 71 އަހަރުގެ ކުރީގެ ކްރިކެޓް ތަރި އަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަން (އީސީޕީ) އިން ވަނީ ފަސް އަހަރަށް ސިޔާސީ ދާއިރާއިން ނުކުމެ އުޅުން މަނާކޮށްފަ އެވެ. ނަމަވެސް ހުކުރު ދުވަހު ވެސް އޭނާ ފޯމު ހުށަހެޅުއްވި އެވެ.

އިލެކްޝަންސް އޮފިޝަލުން އިމްރާންގެ ކެންޑިޑެސީ ބާތިލްކުރީ އިމްރާންގެ މައްޗަށް ކުށް ސާބިތުވުމުން ކަމަށާއި އެއީ ގާނޫނު އަސާސީގެ ދަށުން އިމްރާންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ފަރާތްތަކުން ބުނަމުންދާ ކަމަށް އޭޕީއަށް ފެނުނު ލިޔުންތަކުން ދައްކަ އެވެ. އަދި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބޭފުޅުންގެ ކެންޑިޑެސީ ވެސް އެ ބޭފުޅުން ވަނީ ބޭރުކޮށްލާފަ އެވެ.

އީސީޕީން ހޮނިހިރު ދުވަހު ލާހޯރުން ރިޖެކްޓް ކުރި މީހުންގެ ލިސްޓެއް އާންމުކުރި އިރު، އެ ލިސްޓުގައި އިމްރާންގެ ނަން ވެސް ހިމެނެ އެވެ. އަދި ކުރީގެ ބޮޑުވަޒީރަށް ކެންޑިޑޭޓަކަށް ވެވެން ނެތް ކަމަށާއި އެއީ އެ ދާއިރާގެ ރަޖިސްޓްރީކޮށްފައިވާ ވޯޓަރަކަށް ނުވާތީ އާއި "ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާތީ" ކަމަށް އެ ބަޔާނުގައި ވެ އެވެ.

ކްރިކެޓް ކުޅުންތެރިއަކަށް ބަދަލުވި އަމީތާބުގެ ނޮމިނޭޝަން ބިޑް ވެސް އޭނާގެ އުފަން ރަށް ޕަންޖާބް ޕްރޮވިންސްގެ މިޔަންވާލީގައި ބާތިލްކޮށްފައިވާ ކަމަށް އޭނާގެ މީޑިއާ ޓީމުން ބުނެ އެވެ.

އިމްރާން މަގާމުގައި ހުންނަވަނިކޮށް ގާނޫނާ ހިލާފަށް ދައުލަތުގެ ހަދިޔާ ވިއްކާލި ކަމުގެ ތުހުމަތުގައި މިދިޔަ އޮގަސްޓް މަހު ޖަލުގައި ހުންނެވި ފަހުން އާންމުކޮށް ފެނިވަޑައެއް ނުގަންނަވަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!