ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ ހަމަނުޖެހުންތަކާ ގުޅިގެން އާސިއާންގެ ޚާރިޖީ ވަޒީރުން ކަންބޮޑުވުން ފާޅުކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ނުރައްކާވެދާނެ ކަމަށް ބުނެ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދީ ބްލޮކް އާސިއާންގެ ޚާރިޖީ ވަޒީރުން ކަންބޮޑުވުން ފާޅުކުރައްވައި ޕާޓީތަކުގެ މެދުގައި ސުލްހަވެރި ކަމާއެކު މަޝްވަރާ ކުރުމަށް ގޮވާލައިފިއެވެ.

Ads by Sosun Fihaara

"ދެކުނު ޗައިނާ ކަނޑުގައި ދާދި ފަހުން ހިނގަމުންދާ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ސަލާމަތާއި ހަމަޖެހުމަށް ބުރޫ އަރާފާނެ ތީ ކަންބޮޑުވާ ގޮތަށް ވަރަށް ގާތުން ބަލަމުން އަންނަ،" ބްލޮކްގެ އިސް ޑިޕްލޮމެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޗައިނާ އާއި ފިލިޕީންސުން މިހެން ބުނެފައި މިވަނީ ފަހަކަށް އައިސް ޗައިނާ އާއި ފިލިޕީންސުން ކަނޑުމަތީގެ އެކި ސަރަހައްދުތަކަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޗައިނާއިން ވަނީ މި ތުހުމަތުތަކަކީ މުޅިން ދޮގު ހައިޕެއް ކަމަށް ސިފަކޮށް، ފިލިޕީންސުން ތަކުރާރުކޮށް "ހަރުކަށި ފިކުރު އުފައްދައި ފުރައްސާރަ" ކުރާތީ އެކަމަށް ލޯ ނުބަހައްޓާނެ ކަމަށް ބުނެފަ އެވެ.

އާސިއާންގެ ޚާރިޖީ ވަޒީރުން ވެސް ވަނީ "ދެބަސްވުންތައް އިތުރަށް ގޯސްވާ ފަދަ ނުވަތަ ނުތަނަވަސްކަން އުފެދޭ ފަދަ ހަރަކާތްތައް ހިންގުމުގައި އަމިއްލަ ނަފްސަށް ކެތްތެރިވާން ޖެހޭ" ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ސަރަޙައްދީ ހަމަޖެހުމާއި މެރިޓައިމް ދާއިރާއިން އެއްބާރުލުން ދިނުމުގައި ބިނާކުރަނިވި ގޮތެއްގައި އެހީތެރިވެދޭ ސުލްހަވެރި މަޝްވަރާތަކުގެ މުހިންމުކަން ތަކުރާރުކޮށް ދަންނަވަމެވެ."

ދެކުނު ޗައިނާ ކަނޑުގައި ކޯޑް އޮފް ކޮންޑަކްޓެއް އުފެއްދުމަށް އާސިއާން އާއި ޗައިނާއިން މަސައްކަތްކޮށްފައިވާ އިރު، މިއީ 2002 ވަނަ އަހަރުގެ ޕްލޭނެކެވެ. އެހެންނަމަވެސް ހުރިހާ ފަރާތްތަކަކުން ވެސް ކުރިއެރުމާއި އެ މަސައްކަތް ހަލުވިކުރުމަށް ވައުދުވި ނަމަވެސް ކުރިއެރުން ވަނީ މަޑުޖެހިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!