ޚަބަރު

ސްޕާގެ ނަމުގައި ފާހިޝް ޢަމަލުތައް ހިންގާ ތަންތަން ހުއްޓުވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގައި ސްޕާގެ ނަމުގައި ފާހިޝް ޢަމަލުތައް ހިންގާ ތަންތަން ހުއްޓުވުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އައު ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، ޝުޖާޢު ވަނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިހާރުވެސް ކަނޑައަޅާފައިވާ މައްސަލަތަކެއް ކަމަށާއި، އެ މައްސަލަތައް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލާތަން މި ދައުރުގައި ޔަޤީނުންވެސް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

ޝުޖާޢު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގައި ސްޕާގެ ނަމުގައި ހިންގާ ފާހިޝް ޢަމަލުކުރާ ތަންތަން ހުއްޓުވުމަށް ޚާއްޞަ މަސައްކަތް މިހާރުވެސް މި ސަރުކާރުން ފަށައިފައިވާ ކަމަށެވެ.

އެގޮތުން ސްޕާގެ ނަމުގައި ފާހިޝް އަމުލުކުރާ ވިޔަފާރި ހިންގާ ފަރާތްތަކުގެ މައްސަލަ ބަލާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ސީޕީ ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާކުރާ މައްސަލަތައްވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާތަން މި ދައުރުގައި ފެންނާނެ ކަމަށެވެ.

މާލޭގައި ސްޕާތައް ހިންގާ ވިޔަފާރިވެރިން، އެތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ލައްވައި ހަށި ވިއްކާ މައްސަލަތައް ގިނަ ނަމަވެސް މިފަދަ ކަންކަން ނުބަލާ ކަމުގެ ޝަކުވާ ބޮޑެވެ.

Ads by Allied Insurance
  1. ވިޝާމު

    ރަނގަޅު ކަމެއް

  2. މުނާފިގެކޭ

    ހުޅުމާލޭން ޖުމްހޫރީ މައިދާން ވަރުގެ 100 ބިން ލަންކާ ކުންފުންނަކަށް ހިލޭ މިސަރުކާރުން ދޭން ޖެހުނީ ކިއެއްވެތޭ އެކުންފުނިން ކުރާ ކަމަކީ ކޮބައިތޭ އެމްޓީސީސީގެ ކޮންނަ ބޯޓް ހިލޭ އެކުންފުންނަށް ދިނީ ކިއެއްވެތޭ އެމްޓީސީސީ ބަނގުރޫޓް ކޮށްލަނީ ކިއެއްވެތޭ ހުޅުމޭ ބިން ލަންކާ ކުންފުންނަށްދިނުމުގެ ކުރިން ހުޅުމާލޭން ބިން ހުސްވެއްޖެކަމަށް މި ސަރުކާރުން ބުނީ ކިއެއްވެތޭ…

  3. ކިހާތާހިރު..ރޭގަ ހުޅުމާލެ ފެރީޓާމިނަލް ކައިރިން ސަަފާރީތަކުން ބޮއެގެން ކަޅިވެގެން ސްޕާކުދިން ފޭބިރިއިރު ފުލުހުން ވެސް ތިއްބޭ ކުށުސަޖިދައިގަ ބަލަން.. ވެރިވީހާ ފަތިސްނަމާދުގަ