ދުނިޔެ

ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ތިބި ޓިބެޓް މީހުންނަށް ޗައިނާ ސަރުކާރުގެ އެހީ މަދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ކިންގްހައި ޕްރޮވިންސްގެ ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ތިބި ޓިބެޓް މީހުންނަށް ޑިސެމްބަރު މަހު އައި ބިންހެލުމުގައި ގެދޮރު ހަލާކުވެފައިވާ މީހުންގެ "ބައެއް ޓެންޓް ފެސިލިޓީސް" އާއި ޔޫޓިލިޓީސް ޗެކްކުރުން ފިޔަވައި ޗައިނާ ސަރުކާރުގެ ފަރާތުން ވަރަށް މަދު އެހީއެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ތިން މަސްދަރަކުން ރޭޑިއޯ ފްރީ އޭޝިއާއަށް މައުލޫމާތު ދީފައިވެ އެވެ.

Ads by Sosun Fihaara

މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޗައިނާގެ ހުޅަނގު އުތުރުގެ ޕްރޮވިންސްތައް ކަމަށްވާ ކިންގްހައި އާއި ގަންސޫއަށް އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމުގައި 149 މީހުން މަރުވެ 780 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ބިންހެލުމުގެ ސަބަބުން ޖިޝިޝާން ކައުންޓީ އާއި ގަންސޫގެ ލިންޝިއާ ހުއި އޮޓޮނޮމަސް ޕްރިފެކްޗާގެ އިތުރުން ޓިބެޓް ޕްލެޓޯގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ އަވަށްޓެރި ކިންގްހައިގެ ބައެއް ސަރަހައްދުތަކުގައި އިމާރާތްތައް ވަނީ ވެއްޓިފަ އެވެ. ކިންގްހައިގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަކީ މައިގަނޑު ގޮތެއްގައި އާބާދީބޮޑު ޓިބެޓް މީހުންނެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެހީއެއް ނުލިބުމުގެ ސަބަބުން، ޗައިނާގެ ބާރުގެ ދަށުގައި ވާ ޓިބެޓްގެ އެހެނިހެން ސަރަހައްދުތަކުގެ އިތުރުން ޓިބެޓްގެ ލޭ އަދި މޮނެސްޓިކް ކޮމިއުނިޓީތަކުގައި ތިބި ޓިބެޓް ގެ ރައްޔިތުން ވަނީ ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ފައިސާއާއި ސާމާނު ފޮނުވާފައި ކަމަށް ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމަ ނުކުރުމަށް އެދުނު ފަރާތްތަކުން ބުނެއެވެ.

"ބިންހެލުން އައިތާ ތިން ދުވަސް ފަހުން ބައެއް ޓެންޓުތައް އެޅުން ފިޔަވައި، ޗައިނާ ސަރުކާރުން ހާއްސަ އެހީއެއް ނުވަތަ އެހީއެއް ފޯރުކޮށްދީފައެއް ނުވޭ، ނަމަވެސް ޓިބެޓްގެ އެކި ކަންކޮޅުތަކުން ޓިބެޓްގެ ގިނަ ފަރުދުންނާއި ޖަމިއްޔާތަކާއި މޮނަސްޓްރީތަކުން ވޮލަންޓިއާކޮށް ފައިސާ އާއި ރިލީފް މެޓީރިއަލްގެ އެހީތެރިކަން ފޯރުކޮށްދީފައި ވާތީ އަޅުގަނޑުމެންނަށް ވަގުތުން އެއްވެސް ދަތިކަމެއް ކުރިމަތިވެފައެއް ނުވޭ،" އާރްއެފްއޭ އަށް މައުލޫމާތު ދިން މަދުވެގެން ދެ ފަރާތަކުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!