ޚަބަރު

މެޑިކަލް ޗެކަޕަށް ހާއްސަ ޑިޕާޓްމެންޓެއް އައިޖީއެމްއެޗްގައި

އަލީ ސަމާޙް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ: ދެން އިމޭޖްސް

އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭ ގޮތް ހަމަޖެއްސުމަށް އައިޖީއެމްއެޗްގައި މެޑިކަލް ޗެކަޕަށް ވަކި ލެބޯޓަރީއެއް ހެދިގެންދާނެ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކްއަޕް ހެދުމުގެ މަގުފަހިކޮށް ދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ14 ގައި ހިމެނޭ ވައުދެކެވެ. ޖެނުއަރީ އެކަކުން ފެށިގެން އެ ވައުދު ތަންފީޒުކުރަން ވަނީ ފަށާފައެވެ. އިއްޔެއިން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެއެވެ. 

ރޭ ޕީއެސްއެމްގެ ''ރާއްޖެމިއަދު'' ޕްރޮގްރާމްގައި ޒީނިޔާ ވިދާޅުވީ، މެޑިކަލް ޗެކްއަޕަށް ހާސްކޮށް އައިޖީއެމްޗުގައި ވަކިން އާ ޑިޕާޓްމެންޓެއް ހެދިގެންދާނެ ކަމަށެވެ. އަދި ވަކި ލެބޯޓަރީއެއް ގާއިމްކުރެވިގެންދާނެ ކަމަށާއި އަދި އީސީޖީ ނަގަން ވެސް ވަކި ތަނެއް ހެދިގެންދާނެ ކަމަށެވެ.

ޒީނިޔާ ވިދާޅުވީ ގޮތުގައި މެޑިކަލް ޗެކަޕްގައި އަންހެންނާއި ފިރިހެނުންނަށް ހުންނާނި ވަކި ހާއްސަ ޕެކޭޖްތަކެއް ކަމަށާއި، އެ ޕެކޭޖްތައް އެކުލަވާލާފައިވަނީ ސްޕޭޝަލިސްޓުންގެ ޓީމުތަކާއި އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.

ދެ ޕޭކްޖައިވެސް ލޭގެ ޓެސްޓާ، އީސީޖީ ޓެސްޓު އަދި ކުޑަކަމުދާ އެއްޗެހީގެ އިތުރުން ބޮޑުކަމުދާ އެއްޗެހީގެ ޓެސްޓު ހިމެނޭނެ ކަމަށެވެ.

ގައިންގައިން ނާރާ ބަލިތައް އިތުރުވަމުން އަންނަވަރު އެނގުނު. މިސާލަކަށް ކެންސަރު ކޮން ކަހަލަ ކެންސަރުތަކެއްތޯ އިތުރުވަމުން ދަނީ އެ ލިބުނު މައުލޫމާތާ ބަލާފައި ޕެކޭޖްތައް ނިންމާފައި އެހެރީ.

ޒީނިޔާ ވިދާޅުވީ އެ ޕޭކެޖުގައި ބޮޑުކަމުދާ ތަކެތީގެ ޓެސްޓު ހިމަނާފައިވަނީ ''އޮކަޓް ބްލަޑް" ނުވަތަ ލޭގެ އަސަރު ބޮޑުކަމުދާ އެއްޗެހީގައި ހުރިތޯ ބެލުމަށް ކަމަށެވެ.އަނެއް ސަބަބަކީ ބޮޑުކަމުދާ ނިޒާމުގެ ކެންސަރުތައް ރާއްޖެގައި އިތުރުވަމުން އަންނާތިވެއެވެ.

''ދުރާލާ ބަލައިގެން ބޮޑުކަމުދާ ނިޒާމުގައި ލޭ ހުރި ކަމަށްވަންޏާ ދެން އިތުރު ޓެސްޓުތައް ހަދައިގެން އަވަހަކަށް ބަލައިލެވޭނެ ކީއްވެގެންތޯ ބޮޑުކަމުދާ އެއްޗެހީގައި ލޭ ހުންނަނީ" ޒީނިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިރިހެނުންގެ ޕެކޭޖްގައި ''ޕީއެސްއޭ" ޓެސްޓު ހިމާނަފައިވާ ކަމަށާއި އެ ހިމެނީ ޕްރޮސްޓްރޭޓް ކެންސާރު ރާއްޖޭގައި އިތުރުވަމުންދާތީވެ ކަމަށެވެ. ޒީނިޔާ ވިދާޅުވީ ޕެކޭޖްތަކުން ނަތިއްޖާކުން ހަކުރު ބަލި، ހިތުގެ ބަލީގެ އަލާމާތެއް ހުންނަނަމަ އެކަން އެނގޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!