ދުނިޔެ

އަފްގާނުގައި ދޭ ހަމަލާތަކުގައި ޕާކިސްތާނު މީހުންގެ އަތެއްވާ ކަމުގެ ތުހުމަތުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ތާލިބާނުންގެ ސަރުކާރުން ސަލާމަތީ ގޮތުން ހޯދާފައިވާ ކާމިޔާބީތައް މުރާޖައާ ކުރައްވަމުން އަފްޣާނިސްތާނުގެ ވަގުތީ ޑިފެންސް މިނިސްޓަރު މުހައްމަދު ޔައުޤޫބު މުޖާހިދު ވިދާޅުވީ، އެފަދަ އެއްވެސް ހަމަލާއެއް ދީފައިވަނީ "ބޭރުގެ މީހުން، ހާއްސަކޮށް ތަޖިކިސްތާނުގެ ރައްޔިތުން" ކަމަށެވެ.

Ads by Sosun Fihaara

"އަޅުގަނޑުމެންގެ އޮޕަރޭޝަންތަކުގައި ތަޖިކިސްތާނުގެ އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައި. އަދި ދެވަނަ ފިޔަވަހީގައި ޕާކިސްތާނުގެ ރައްޔިތުން ވަނީ ގިނަ ހަމަލާތަކެއް އިންތިޒާމު ކުރުމުގައި ބައިވެރިވެފައި،" ޓޯލޯ ނިއުސްއާ ހަވާލާދީ މުޖާހިދު ވިދާޅުވި އެވެ. ތާލިބާނުންގެ އޮޕަރޭޝަންތަކުގައި ޕާކިސްތާނުގެ 20 އަށް ވުރެ ގިނަ ރައްޔިތުން މަރުވެ، އެތައް ބަޔަކު ހިފަހައްޓާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި ނަމަވެސް، ހަރުދަނާ ތަފާސް ހިސާބުތަކެއް ޑިފެންސް މިނިސްޓަރު ނުދެއްވަ އެވެ.

މުޖާހިދު ވަނީ ތާލިބާނުންގެ ސަލާމަތީ ބާރުތަކަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓޯލޯ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގެ އެތެރޭން 99 އިންސައްތަ ފައިސާއާއި އަގުހުރި ހިލައާއި ފައިސާ އެތެރެކުރުން ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާ" ކަމަށާއި އެތައް ހާސް ހަތިޔާރު އަތުލައިގެންފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަމަލާތައް 90 ޕަސެންޓް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތާލިބާނުންގެ ދިފާއީ އޮފިޝަލް ތުހުމަތު ކުރެއްވި ގޮތުގައި ހަތިޔާރު އުފެއްދުމާއި ވިއްކުމާއި އެތެރެކުރުމުގެ ހަގީގީ މަރުކަޒަކީ އަވަށްޓެރި ގައުމުތަކެވެ.

މުޖާހިދު ވަނީ އަފްޣާނިސްތާނުގެ ސަރަހައްދަކީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ ނުވަތަ ޕާކިސްތާން ތާލިބާނުން) އަށް ރައްކާތެރި ތަނެއް ކަމަށް ޕާކިސްތާނުން ބުނާ ވާހަކަތައް ދޮގުކުރައްވައި، އެ ޝަކުވާތަކަކީ އެއްވެސް އަސާސެއް ނެތް ޝަކުވާތަކެއް ކަމަށް ވިދާޅުވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!