ދުނިޔެ

ޓޯޓަލް އެނާޖީން އިންޑީއާގެ އިޔާދަ ކުރަނިވި ހަކަތައަށް ބޮޑު އިންވެސްޓެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އިއާދަކުރަނިވި ހަކަތަ އުފައްދާ ކުންފުނި އަދި އޮޕަރޭޓަރު އަދާނީ ގްރީން އެނާޖީ ލިމިޓެޑް (އޭޖީއީއެލް) އިން ފްރާންސްގެ ހަކަތައިގެ މައި ކުންފުނި ޓޯޓަލް އެނާޖީޒްއާ އެކު ޖޮއިންޓް ވެންޗާއެއް ނިންމިކަން އިއުލާނުކޮށްފައިވާއިރު، އޭގެ ތެރޭގައި 1 ގިގަވޮޓަށް ވުރެ ގިނަ ސޯލާ އަދި ވިންޑް ޕްރޮޖެކްޓްތަކުގެ ޕޯޓްފޯލިއޯގެ 50 ޕަސެންޓް ހިއްސާއަށް ޓޯޓަލް އެނާޖީސް އިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ވެސް ހިމެނެ އެވެ.

Ads by WAMCO

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންމެ ފުރަތަމަ އިއުލާނުކުރި ޖޭވީ އަކީ 2022 ވަނަ އަހަރު ސަރުކާރުން ކަނޑައެޅި 2030 ވަނަ އަހަރުގެ މޫސުމީ ވައުދުތަކަށް ފަހު، އިއާދަކުރަނިވި ހަކަތައަށް އިންޑިއާއިން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އާ ޖޭވީގައި އިންޑިއާގައި 1،050 މެގަވޮޓްގެ ސޯލާ އަދި ވިންޑް ޕަވާ ޕްރޮޖެކްޓްތަކުގެ ޕޯޓްފޯލިއޯ އެއް ހިމެނޭއިރު، އޭގެ ތެރޭގައި މިހާރު ވެސް ހިންގަމުން އަންނަ 300 މެގަވޮޓާއި 500 މެގަވޮޓްގެ މަޝްރޫއުގެ އިތުރުން 250 މެގަވޮޓްގެ އަންޑަ ޑިވެލޮޕްމަންޓް އެސެޓްސް ހިމެނެ އެވެ.

ޖޭވީ ތައާރަފްކުރުމަކީ 2021 ވަނަ އަހަރު އޭޖީއީއެލްގެ 20 އިންސައްތަ ހިއްސާ ޓޯޓަލް އެނަރޖީސް އިން ހޯދުމާއި، 3 ގިގަވޮޓްގެ ސޯލާ ހަކަތަ ހިންގުމަށް 2020 ވަނަ އަހަރު އުފެއްދި އިނިޝިއަލް ޖޮއިންޓް ވެންޗަރ ގެ އިތުރުން ކުންފުނިތަކުގެ މެދުގައި ކުރެވުނު ޕާޓްނަރޝިޕްތަކާއި މުއާމަލާތްތަކުގެ ތެރެއިން އެންމެ ފަހުގެ މުޢާމަލާތެވެ. ޓޯޓަލް އެނަރޖީސް އިން ވަނީ 2022 ވަނަ އަހަރު އޭޖީއެލްގެ ބެލެނިވެރިޔާ އަދާނީގެ ގްރީން ހައިޑްރޯޖަން ފޯކަސްޑް ވިޔަފާރި އަދާނީ ނިއު އިންޑަސްޓްރީޒް ލިމިޓެޑް (އަނިލް) ގެ 25 އިންސައްތަ ހިއްސާ ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!