ދުނިޔެ

ޔޫއޭއީއާއި އިންޑިއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ޔޫއޭއީ ގުޅިގެން ބާއްވާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް "ޑެޒާޓް ސައިކްލޯން 2024" އަންނަ ޖެނުއަރީ މަހުގެ 2 އިން ޖެނުއަރީ 15 އަށް ރާޖަސްތާނުގައި ބާއްވަން ނިންމައިފި އެވެ.

Ads by Sosun Fihaara

"ޑެޒަރޓް ސައިކްލޯން 2024" ގެ ދަށުން ކުރިއަށްގެންދާ ޖޮއިންޓް ޑްރިލްތަކުގެ މަޤްޞަދަކީ އާބަން އޮޕަރޭޝަންސްގައި ބެސްޓް ޕްރެކްޓިސްތައް ދަސްކޮށް، ޙިއްޞާކޮށްގެން އިންޓަރއޮޕަރަބިލިޓީ އިތުރުކުރުމެވެ.

އިންޑިއާ އާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ ޒަމާނުއްސުރެ ދެ ސަރަޙައްދުގެ ދެމެދުގައި އޮންނަ ސަގާފީ، ދީނީ އަދި އިޤްތިޞާދީ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.

އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ބުނީ ދިފާޢީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކަކީ ދިފާޢީ އާލާތްތައް އުފެއްދުމާއި ތަރައްޤީކުރުން ކަމަށެވެ. ސިފައިންގެ ޖޮއިންޓް އެކްސަސައިޒް، ހާއްސަކޮށް ކަނޑުގެ އަސްކަރީ ތަމްރީނުތައް؛ ސްޓްރެޓެޖީ އާއި އުޞޫލުތަކާ ބެހޭ މަޢުލޫމާތު ޙިއްޞާކުރުން؛ އިންޓަރމީޑިއޭޓް ޖެޓް ޓްރެއިނަރ ފަދަ ކަންކަމުގައި ފަންނީ އެއްބާރުލުން ދިނުން.

ފަހަކަށް އައިސް ދެޤައުމުގެ ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަމަށާއި، ޚާއްޞަކޮށް ދިފާޢީ ތަމްރީނާއި ޑިފެންސް އިންވެންޓްރީ ސަޕްލައިކުރުމުގެ ދާއިރާއިން ނާއި، އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގެ ރޮނގުން ވެސް ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިފައިވާކަމަށެވެ.

އިންޑިއާ-ޔޫއޭއީ ޖޮއިންޓް އެއާފޯސްގެ ފުރަތަމަ އެކްސަސައިޒް ބާއްވާފައިވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަބޫދާބީގެ އަލްދަފްރާ ބޭސްގައެވެ.

އަބޫދާބީގައި ކުރިއަށްދާ ބައިއެނަލް އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން (އައިޑެކްސް) ގައި ވެސް އިންޑިއާ އިން އަންނަނީ އާންމުކޮށް ބައިވެރިވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!