ދުނިޔެ

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ޕެޓްރޯލް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އަސްކަރިއްޔާގެ ސަދަން ތިއޭޓާ ކޮމާންޑުން ބުނީ ދެކުނު ޗައިނާ ކަނޑުގައި ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޗައިނާގެ އަސްކަރިއްޔާއާއި ވައިގެ ސިފައިންނާއެކު އާދައިގެ ޕެޓްރޯލްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ads by Sosun Fihaara

އަދި އެ ސަރަހައްދުގައި ތިބި ސިފައިން ކޮންމެ ވަގުތަކު ވެސް ތިބޭނީ ހައި އެލާޓްގައި ކަމަށާއި ގައުމީ ސިޔާދަތާއި ސަލާމަތާއި ކަނޑުގެ ހައްގުތައް ދިފާއު ކުރާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

މި ޕެޓްރޯލްތަކުގެ މަގުސަދަކީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ހުރަސް އެޅޭ ފަދަ ހަރަކާތްތައް ހުއްޓުވައި "ހޮޓް ސްޕޮޓްސް" އުފެއްދުން ކަމަށް އަސްކަރިއްޔާއިން ސަދަން ތިއޭޓާ ކޮމާންޑްގެ ވެޗެޓް އެކައުންޓުގައި ބުނެފައިވެ އެވެ.

މި ހަރަކާތްތައް ހިނގާފައި މިވަނީ މި ސަރަހައްދުގައި، ހާއްސަކޮށް ފިލިޕީންސްއާ އެކު ޗައިނާއަށް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން ދެ ގައުމުން ވެސް ވަނީ ކަނޑުމަތީގެ ބޮޑެތި ކުރިމަތިލުންތަކާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

ފިލިޕީންސް އާއި އެމެރިކާ ގުޅިގެން ދެކުނު ޗައިނާ ކަނޑުގައި ދެ ދުވަހުގެ ޕެޓްރޯލް އެއް ބުދަ ދުވަހު ފަށާފައިވާއިރު، މިއީ ޗައިނާ ރުޅިގަދަވި ފިޔަވަޅެކެވެ.

މިދިޔަ ހަފުތާގައި ފިލިޕީންސުން ވަނީ މެނީލާ އިން ބެއިޖިންގެ ސަރަހައްދަށް އަރައިގަންނަ ކަމަށް ޗައިނާއިން ކުރާ ތުހުމަތަށް ރައްދު ދީ، ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރާ ކަމަށް ބުނެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!