ދުނިޔެ

ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ މުހިންމު އަވަށެއް މިޔަންމާގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިޔަންމާގެ ބަޣާވާތްކުރާ އިއްތިހާދަކުން ޗައިނާގެ އުތުރުގެ ބޯޑަރު ސަރަހައްދުގައި އޮންނަ މުހިންމު އަވަށެއްގެ ކޮންޓްރޯލް ހޯދީ ޖުންޓާ ސިފައިންނާ އެކު ހަފުތާތަކެއް ވަންދެން ހިނގި ވަރުގަދަ ހަނގުރާމަތަކަށް ފަހު ކަމަށް އެ އިއްތިހާދާއި ޖުންޓާ އިން ބުނެފި އެވެ.

Ads by Sosun Fihaara

އެ ޖަމާއަތަށް އެނގިފައިވާ ގޮތުގައި ތްރީ ބްރަދަހުޑް އެލަޔަންސް އިން ހުކުރު ދުވަހު ބުނެފައި ވަނީ ލައުކައި ޓައުން އަތުލީ އެތަނުގައި ހުންނަ އަސްކަރިއްޔާގެ ސަރަހައްދީ މައި މަރުކަޒު އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށެވެ.

ލައުކައި ވެއްޓުމަކީ މިދިޔަ އޮކްޓޯބަރު މަހު ފެށުނު ވަރުގަދަ ހަމަލާއެއްގައި ހަނގުރާމަވެރިން ހޯދި އެންމެ ފަހުގެ ކާމިޔާބީ ކަމަށާއި މިއީ 2021 ވަނަ އަހަރުގެ ބަޣާވާތަކުން މިޔަންމާގެ އަސްކަރީ ސަރުކާރު ވެރިކަމަށް އައި ފަހުން އެގައުމުގެ އަސްކަރީ ސަރުކާރަށް އޮތް އެންމެ ބޮޑު ނުރައްކަލަށެވެ.

"ހުރިހާ ކޮކަންގް (ލައުކައި) ސަރަހައްދަކީ މިހާރު މިޔަންމާ ގެ އަސްކަރީ ކައުންސިލެއް ނެތް ބިމަކަށް ވެއްޖެ،" ހަނގުރާމަވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޖުންޓާގެ ތަރުޖަމާނު ޒައު މިން ތޫން ހޮނިހިރު ދުވަހު އެގައުމުގެ މީޑިއާ ޕޮޕިއުލާ ނިއުސް އަށް ވިދާޅުވީ އަސްކަރިއްޔާއިން އަމިއްލައަށް އިސްތިއުފާ ދޭން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ.

މި އިއްތިހާދުގައި ހިމެނެނީ މިޔަންމާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އާމީ (އެމްއެންޑީއޭއޭ) އާއި ތާންގް ނޭޝަނަލް ލިބަރޭޝަން އާމީ އަދި އަރަކަން އާމީ އެވެ.

މިޔަންމާގެ ޕެރެލަލް ނޭޝަނަލް ޔުނިޓީ ސަރުކާރުގެ އެހީތެރިކަމާއެކު، ލުއިކޮށް އިންތިޒާމުކުރެވިފައިވާ ޕީޕަލްސް ޑިފެންސް ފޯސްގެ މީހުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން މިޔަންމާގެ އުތުރުގައި އަސްކަރިއްޔާއާއި ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހަތިޔާރު އެޅި ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. އަވަށްޓެރި ޗައިނާއިން ވަނީ ދެ ފަރާތުގެ މެދުގައި މަޝްވަރާއަށް މަގުފަހިކޮށްދީ، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!