ޚަބަރު

މޭޔަރަކަށް ހޮވިއްޖެނަމަ ސަރުކާރާ އެކު މަސައްކަތް ކުރާނަން: އާޒިމް

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާޒިމް/ ފޮޓޯ: ޕީއެސްއެމް

މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ބައި-އިލެކްޝަން ކާމިޔާބުވެއްޖެނަމަ ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ޕީއެސްމްގެ މޭޔަރު ބަހުސްގައި އާޒިމް ވަނީ ސަރުކާރު ކެންޑިޑޭޓަކު ހޮވައިގެން މެނުވި މާލެ ސިޓީއަށް ކަންކަން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

"އަޅުގަނޑުމެން މިއަންނަނީ ކޯޅޭކަށެއް ނޫން ސަރުކާރަކާ. އަޅުގަނޑު މި އަންނަނީ ސަރުކާރާ އެއްކޮށް މަސައްކަތް ކުރަން. ހުރިހާ މުއައްސަސާއަކާ އެކު. ގާނޫނު އަސާސީގައި ބުނީ ކޯޅޭކަށޭ އެއް ނޫން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގޮތުގައި ކަންކަން ނުކޮށްދިނުމަކީ ރައީސަށް އޮތް އޮޕްޝަނެއް ނޫނެވެ. އެމަނިކުފާނު ކަންކަން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ސިފަކުރި ގޮތުގައި މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށް ގެންދާ "ރަސްމާލެ'' މަޝްރޫއު އަކީ އިސްރާފެެކެވެ. އޭނާގެ މޭޔަރު ކަމުއެއްގައި އެންމެނާ ގުޅިގެން އެކަންކަން ހައްލު ކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބިދޭސީން އިތުރުވުމުގެ މައްސަލައަށް އާޒިމް ހުށަހެޅުއްވި ސިޔާސަތަކީ މާލޭގައި ތިބި ބިދޭސީން ދެނެގަތުމެވެ. އޭނާ ވިދާޅުވި ގޮތުގައި ބިދޭސީން ގެނައުމާ ގުޅޭގޮތުން މި ސަރުކާރުން ގަވާއިދުތަކަށް ގެނައި ބަދަލުތައް ގޯހެވެ.

  1. އެހެންވިއްޔާ އާޒިމާއަށްވުރެ ރަނގަޅީ އާޒިމް

  2. My brother suggested I might like this website He was totally right This post actually made my day You cannt imagine just how much time I had spent for this information Thanks