ޚަބަރު

ލަންކާއިން ދިވެހިންނަށް ވެސް އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ވައިރަހާއި ގުޅިގެން އަވައްޓެރި ސްރީލަންކާއިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދިނުންވެސް ހުއްޓާލައިފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިރޭ 23.30 އިން ފެށިގެން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

"އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ބޭފުޅުންނާއި، ސްރީލަންކާގެ ރެޒިޑެންޓް ވިސާ އޮންނަ ބޭފުޅުން ފިޔަވައި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ސްރީލަންކާ އަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަން ދަންނަވަމެވެ." ފޮރިން މިނިސްޓްރީން ބުނެއެވެ.

ލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހިން އެ ގައުމުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ. ލަންކާގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓާ ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!