ދުނިޔެ

ޓައިވާނަށް ހަތިޔާރު ވިއްކާ މައްސަލައިގައި އެމެރިކާގެ ފަސް ކުންފުންޏަކަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ - މިނިސްޓްރީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމުގެ އެންމެ ފަހުގެ ރައުންޑާ ގުޅިގެން ޗައިނާއިން އެމެރިކާގެ ފަސް އަސްކަރީ އުފެއްދުންތެރިއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

Ads by WAMCO

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމަކީ ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު ވަރަށް ގިނައިން ނުތަނަވަސްކަން އުފެދޭ ކަމެކެވެ. ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާއިން ދެކޭ އިރު، ޓައިވާނުގެ ސަރުކާރުން އެކަން ދޮގުކުރެ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި މިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޓައިވާނުގައި ބާއްވާ ރިޔާސީ އިންތިހާބާއި ޕާލަމެންޓް އިންތިހާބާ ދިމާކޮށް، ޗައިނާއިން ހަނގުރާމައާއި ސުލްހައިގެ ޚިޔާލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.

ޓައިވާންގެ ޓެކްޓިކަލް އިންފޮމޭޝަން ސިސްޓަމްތައް ބެލެހެއްޓުމަށް އެހީވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ މަހު ވަނީ 300 މިލިއަން ޑޮލަރުގެ ސާމާނު ވިއްކުމަށް ހުއްދަ ދީފަ އެވެ.

ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދާދި ފަހުން ހަތިޔާރު ވިއްކުމުގެ ސަބަބުން ޗައިނާގެ އިސްތިގުލާލާއި ސަލާމަތީ މަސްލަހަތު ވަރަށް ބޮޑަށް ހީނަރުވެ، ޓައިވާން ކަނޑުއޮޅިގެ ސުލްހަ މަސަލަސްކަމަށް ވަރަށް ބޮޑަށް ނުރައްކާވާ ކަމަށެވެ.

ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކުންފުނިތަކަކީ ބީއޭއީ ސިސްޓަމްސް ލޭންޑް އެންޑް އާމަމެންޓްސް، އެލިއެންޓް ޓެކްސިސްޓަމްސް އޮޕަރޭޝަންސް، އެރޯއެންވަޔަރަންމަންޓް، ވިއަސެޓް އަދި ޑޭޓާ ލިންކް ސޮލިއުޝަންސް އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!