މޯދީ ޝެއިޚް ހަސީނާއަށް މަރުހަބާ ދަންނަވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ތާރީހީ ހަތަރު ވަނަ ދައުރެއް އާދީއްތަ ދުވަހު ކާމިޔާބު ކުރެއްވުމަށްފަހު ޝައިޚް ހަސީނާއަށް ހެޔޮއެދުންތައް ފޮނުއްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވުނުކަމަށްޓަކައި އެކަމަނާއަށާއި ޤައުމުގެ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ވާހަކަ ދައްކައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް އެކަމަނާ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެސް މަރުހަބާ ދަންނަވާ ކަމަށާއި އިންތިހާބު ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިޔާއިން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ ބަންގްލަދޭޝްއާއެކު ދެމެހެއްޓެނިވި އަދި ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދާދި ފަހުން ބޭއްވި އާންމު އިންތިހާބުގައި ފަސް ވަނަ ދައުރެއް ކާމިޔާބު ކުރެއްވި ޝެއިހް ހަސީނާ ވަނީ އެ ގައުމުގެ ބައިނަލްއަގުވާމީ ގުޅުމަށް ރާއްވަވާފައިވާ ޕްލޭންތައް ފާހަގަކުރައްވައި ބަންގްލަދޭޝް އާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.