ދުނިޔެ

އިންޑިއާއަށް ގިނަ އަދަދެއްގެ ހައްޖު ކޯޓާ ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ ފޮރ ޙައްޖު އެންޑް އުމްރާ ތައުފީޤް ބިން ފައުޒާން އަލް ރާބިއާއާއެކު ޔޫނިއަން މިނިސްޓަރ ފޮރ ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް އެންޑް މައިނޯރިޓީ އެފެއާޒް، ސްމްރިތީ އިރާނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ މުރަލީދަރަންއާއެކު ބައިލެޓްރަލް ޙައްޖު އެގްރީމަންޓް 2024 ގައި ސޮއިކުރެއްވިއެވެ.

Ads by Sosun Fihaara

2024 ވަނަ އަހަރުގެ ހައްޖަށް އިންޑިއާއިން 175،025 މީހުންގެ ކޯޓާ ފައިނަލްކޮށްފައިވާއިރު، އިންޑިއާގެ ހައްޖު ކޮމިޓީ މެދުވެރިކޮށް ހައްޖަށް ދިއުމަށް 140،020 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ އާންމު ންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި ހައްޖު ގްރޫޕް އޮޕަރޭޓަރުން މެދުވެރިކޮށް 35،005 މީހުންނަށް ހައްޖަށް ދިއުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.

މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާއާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޙައްޖުވެރިންނަށް އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ، އިންޑިޔާގެ ޙައްޖުވެރިންނަށް ލުއިފަސޭހަގޮތްތަކެއް ފަހިކޮށްދީ، ކުރިއެރުވުމުގައި އިންޑިއާ ސަރުކާރުން ކުރައްވަމުން ގެންދަވާ ޑިޖިޓަލް މަސައްކަތްތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ވަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ.

މީގެ އިތުރުން މައިނޯރިޓީ އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "މިކަމުގައި ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެ ބޭފުޅުން ހުށަހެޅުއްވި" ކަމަށެވެ.

"ލޭޑީސް ވިތައުޓް މެހްރާމް" ކެޓަގަރީގެ ދަށުން ބައިވެރިވުމަށް ހިތްވަރު ދިނުމަށް އިންޑިއާ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތާ ބެހޭގޮތުން މަޝްވަރާކޮށް، ވަރަށް ބޮޑަށް ތައުރީފުކޮށް ތައުރީފު ކުރި އެވެ.

އޭގެ ފަހުން ސްމްރިތީ އިރާނީ އާއި އެމްއޯއެސް މުރަލީދަރަން ވަނީ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ ހައްޖު ޓާމިނަލަށް ޒިޔާރަތްކުރައްވައި ހައްޖުވެރިންގެ އިންތިޒާމުތައް ބައްލަވާލައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!