ދުނިޔެ

މޯދީގެ ގުޖުރާތަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ އަމިއްލަ ސްޓޭޓް ގުޖުރާތުގައި ބުދަ ދުވަހު ބޭއްވި ބިޒްނަސް ސަމިޓެއްގައި އެގައުމުގެ އިގްތިސާދީ ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި މިވަނީ ބޮޑެތި ކުންފުނިތަކުން ގާތްގަނޑަކަށް 33 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭންތަކެއް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Ads by Sosun Fihaara

ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ގައުމީ އިންތިހާބަށް މަހެއްހާ ދުވަސް ވެފައި ވަނިކޮށް، އަދި ޗައިނާއިން ބޭރުން ސަޕްލައި ޗެއިންތައް ޑައިވާސިފައި ކުރުމަށް ދުނިޔޭގެ ވިޔަފާރިތަކުން އިންޑިއާއަށް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.

ވައިބްރަންޓް ގުޖުރާތު ގްލޯބަލް ސަމިޓްގައި މޯދީ ވިދާޅުވީ އެންޑިއާ އަކީ ހުނަރުވެރި ޒުވާނުންގެ ޕަވާހައުސްއެއް ކަމަށާއި، ހައްލު ހޯދުމުގެ ޓެކްނޮލޮޖީ ހަބަކާއި ޑެލިވަރީ ކޮށްދޭ ޑިމޮކްރަސީއެއް ކަމަށާއި، މަދު އަހަރުތަކެއްގެ ތެރޭގައި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދަށް ގައުމު ދިއުމުގެ މަގުމަތީގައި އޮތް ކަމަށެވެ.

މޯދީގެ ވެރިކަމުގައި އިންޑިއާއިން ވަނީ ދުނިޔޭގެ ކުންފުނިތަކުގެ މެނުފެކްޗަރިން ޔުނިޓްތައް އެގައުމުގައި ގާއިމުކުރުމަށް ބާރުއެޅުމަށް ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި، އިބްތިދާއީ ހީނަރުކަމާ އެކުވެސް ދުނިޔޭގެ ޗިޕް އުފައްދާ ކުންފުންޏަކަށް ވުމުގެ އުންމީދު އެބައޮތް ކަމަށެވެ.

ނަމަވެސް ބޭރުގެ ކުންފުނިތަކުން އެތެރޭގެ ކުންފުނިތަކަށް ތާއީދުކުރާ ޕްރޮޓެކްޓިވް ސިޔާސަތުތަކެއް ކަމަށް ބުނެ މޯދީގެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މާޗް މަހުގެ ނިޔަލަށް އިންޑިއާގެ އިގްތިސާދު 7.3 އިންސައްތަ ކުރިއަރާނެ ކަމަށް އިންޑިއާއިން އަންދާޒާކޮށްފައިވާއިރު، މިއީ ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެންމެ މަތީ ރޭޓް ކަމަށްވާއިރު، އަދިވެސް ވަޒީފާ ނެތް ޒުވާނުންގެ ބޮޑު ބައެއް އެގައުމުގައި އެބަތިބި ކަމަށާއި މިއީ ކުރިއަށް އޮތް އިންތިހާބުގައި ވަރަށް ބޮޑު މައްސަލައެކެވެ.

މިއަހަރުގެ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޗިޕް އަދި އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މައްޗަށެވެ. އޯ)، ނަސްޑަކް (އެންޑީއޭކިއު. އޯ)، އަލްފަބެޓްސް (ޖީއޯޖީއެލް. އޯ) ގޫގުލް، ސުޒުކީ (7269.ޓީ) އަދި ޓޮޔޯޓާ (7203.ޓީ). މި ސަމިޓުގައި އިއުލާނުކުރި އާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ބިލިއަނަރު ގޯތަމް އަދާނީގެ ވައުދާއި އެ ސްޓޭޓުގައި އިއާދަކުރަނިވި ހަކަތައަށް ފަސް އަހަރު ދުވަހުގެ ތެރޭގައި 24 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމުގެ ވައުދާއި ކާރު އުފައްދާ ކުންފުނި މަރޫތީ ސުޒުކީ (އެމްއާރްޓީއައި) ގެ ވައުދެކެވެ. އެންއެސް) އިން ގުޖުރާތުގެ ދެވަނަ ކާރު ޕްލާންޓަކާއި މިހާރު ހުރި ޕްލާންޓެއްގައި އާ ޕްރޮޑަކްޝަން ލައިނަކަށް 382 ބިލިއަން ރުޕީސް (4.60 ބިލިއަން ޑޮލަރު) ހަރަދު ކުރަން ނިންމައިފި އެވެ.

ޓާޓާ ގްރޫޕުން ވެސް ގުޖުރާތުގައި އާ ސެމިކޮންޑަކްޓާ ފެބްރިކޭޝަން ޕްލާންޓެއް އެޅުމަށް ނިންމާފައިވާކަން އިއުލާނު ކުރުމާ ގާތްވެފައިވާ އިރު، ޔޫއޭއީގެ ޑީޕީ ވޯލްޑް އިން ބުނީ އާ ބަނދަރުތަކާއި ޓާމިނަލްތަކާއި އިގްތިސާދީ ސަރަހައްދުތައް ތަރައްގީ ކުރުމަށް އެ ސްޓޭޓާއެކު ތިން ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!