ދުނިޔެ

ޗިޕް އުފައްދާ އެކްސްޕޯޓް ކޮންޓްރޯލްކުރުމާއި ދަތިކުރުމުގެ ފިޔަވަޅުއެޅުމާ ގުޅިގެން ޗައިނާއިން އެމެރިކާއާ ކަންބޮޑުވުން ފާޅުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ، އެމެރިކާގެ ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯއާ ފޯނުން ގުޅުއްވައި، ތިން ވަނަ ގައުމަކަށް ލިތޯގްރަފީ މެޝިން ތައް ޗައިނާއަށް އެކްސްޕޯޓް ކުރުމަށް ހުރަސް އެޅުމުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ވޮޝިންޓަން އިން އެކްސްޕޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ޗައިނާއަށް އެޑްވާންސް ޗިޕްސް އާއި ޗިޕް އުފެއްދުމުގެ ވަސީލަތްތައް ބޭނުންކުރުން ކަނޑާލައި، އޭއައި އާއި އެގައުމުގެ އަސްކަރިއްޔާއަށް ބޭނުންވާ ޒަމާނީ ކޮމްޕިއުޓަރުތަކަށް ކުރިއެރުން ތަކެއް ހޯދައިދޭނެ އެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅުމަށް މުހިންމު ސަޕްލަޔަރުންނާއެކު އެކުވެރި ގައުމުތަކަށް ވެސް ލޮބީ ކޮށްފައިވެ އެވެ.

"ވަންގް ވެންޓާއޯ އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ލިތޯގްރަފީ މެޝިންތައް ޗައިނާއަށް ތިންވަނަ ފަރާތަކުން އެކްސްޕޯޓު ކުރުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކުގެ މައްޗަށެވެ. ލެގަސީ ޗިޕް ސަޕްލައި ޗެއިންގެ ތަހުގީގާއި، ޗައިނާގެ ވިޔަފާރިތައް ކަނޑުވާލާ ދަތިކުރުމުގެ ފިޔަވަޅުތައް،" ކޮމާސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ދުނިޔޭގެ މަޝްހޫރު ޗިޕް އިކުއިޕްމަންޓް އުފައްދާ ކުންފުނި އޭއެސްއެމްއެލް އޮންނަ ނެދަލޭންޑްސް އަކީ ވެސް އޭގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އޭއެސްއެމްއެލް އިން ބުނީ ނެދަލެންޑްސް ސަރުކާރުން ޗައިނާއަށް ބައެއް ސާމާނު ޝިޕްމަންޓް ކަވަރުކުރާ އެކްސްޕޯޓް ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.

އޭއެސްއެމްއެލްގެ އެންމެ ޒަމާނީ މެޝިންތައް ކަމަށްވާ އެކްސްޓްރީމް އަލްޓްރާވައިލެޓް "އީޔޫވީ" ލިތޮގްރަފީ މެޝިންތައް މިހާރުވެސް ވަނީ މަނާކޮށްފަ އެވެ.

އޭގެ ފަހުން މިދިޔަ އޮކްޓޫބަރު މަހު އެމެރިކާއިން އެކްސްޕޯޓް ކުރުން މަނާކުރުމުން އޭއެސްއެމްއެލް އިން ވަނީ އެ ކުންފުނީގެ ޑީޔޫވީ ސެމިކޮންޑަކްޓާ އިކުއިޕްމަންޓްގެ ކުރީގެ މޮޑެލްތައް ވެސް ޗައިނާއަށް ފޮނުވުން ހުއްޓުވައިފަ އެވެ.

2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އޭއެސްއެމްއެލްގެ އެންމެ ބޮޑު މާކެޓަކީ ޗައިނާ ކަމަށާއި އެ ކުންފުނީގެ ސޭލްސްގެ 46 އިންސައްތަ ހިއްސާކުރަނީ ޗައިނާ ކަމަށެވެ.

"ނެދަލެންޑްސްގެ ކުންފުނިތަކުން ޗައިނާއަށް ލިތޯގްރަފީ މެޝިން އެކްސްޕޯޓު ކުރުމުގައި އެމެރިކާ އިން ސީދާ ނުފޫޒު ފޯރުވާތީ ވަރަށް ކަންބޮޑުވޭ،" ކޮމާސް މިނިސްޓްރީގެ ތަރުޖަމާނު ޝޫ ޖޫޓިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!