ދުނިޔެ

ޔޫއޭއީ އިން ބްރިކްސްއާ ގުޅުމުން އިންޑިއާއިން މަރުހަބާ ކިޔައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ބްރިކްސް ގުރޫޕްގައި ހިމެނުމުން އިންޑިއާއިން ކުރި ތައުރީފު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިއަދު ބަލައިގެންފި އެވެ.

Ads by WAMCO

އަހްމަދުއާބާދުގައި ކުރިއަށްދާ ވައިބްރަންޓް ގުޖުރާތު ގްލޯބަލް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން އިންޑިއާ އާއި ޔޫއޭއީ ގުޅިގެން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ޔޫއޭއީގެ އިތުރުން، އިންޑިޔާއާއި އެހެނިހެން މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތްކޮށް، ބްރިކްސްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވެސް ޔޫ.އޭ.އީއިން ވަނީ ދެއްވާފައެވެ.
ބްރިކްސް އާއި އެހެނިހެން ބައިނަލްއަގްވާމީ އަދި މަލްޓިލޭޓަރަލް ދާއިރާގައި ގުޅިގެން މުހިންމު ނަތީޖާތަކެއް ނެރެދިނުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރާނެ ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ. ޔޫއޭއީއިން ބުނީ ބްރިކްސް ޖަމާއަތުގެ މެމްބަރަކަށް ވުމަކީ ސުލްހައަށް އެހީތެރިވުމުގައި މަލްޓިލޭޓަރަލިޒަމްގެ އަގު ވަޒަންކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ގައުމުތަކުގެ ލާބައާއި މަންފާއަށްޓަކައި ތަރައްގީ ގެނައުމަށް އެގައުމުން ޝައުގުވެރިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.
ބްރިކްސް ގްރޫޕުގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ.

ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު މިސްރު، އިތިއޯޕިއާ، އީރާން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ ރަސްމީކޮށް އެ ޖަމާއަތާ ގުޅިފަ އެވެ.
ޔޫއޭއީގެ ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިހާރު ކުރިއަށްދާ ވައިބްރަންޓް ގުޖުރާތު ގްލޯބަލް ސަމިޓް 2024 ގެ 10 ވަނަ އެޑިޝަނަށް މޯދީ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޒަމާންވީ އަދި ހަރުދަނާ ސްޓްރެޓެޖިކް ޕާޓްނަރޝިޕް އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!