ޚަބަރު

ސިއްހީ ހިދުމަތްތެރިންނާއި ތަޖުރިބާކާރުންގެ އެހީއަށް މިނިސްޓަރު އަމީން ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސިއްހީ ދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކުންވެސް ބައިވެރިވެވަޑައިގެން ދެއްވުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ޕަބްލިކް ހެލްތު ދާއިރާތަކާއި ސިއްޙީ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރުމަށްފަހު މިހާރު މަސައްކަތާއި ދުރުގައި ތިއްބެވި ފަރާތްތަކުން މިމަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި މިގޮތަށް ޚިދުމަތްކޮށް ދެއްވުމަށް ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓުކުރުމާއި މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތަކީ މުޅި ދުނިޔޭގައިވެސް ސިއްޙީ ޚިދުމަތްތައް ދިނުމުގައި މީހުން ބޭނުންވެފައިވާ ދަނޑިވަޅެއް. މިކަމުގައި ކުރީގެ މަސައްކަތްތެރިންގެ ތަޖުރިބާ ވަރަށް މުހިއްމު. އަދި މިފުރުސަތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތިއްބެވި ފަރާތްތަކަށްވެސް އެބައޮތްކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމާއި ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ ސިއްޙީ ދާއިރާގައިތިބި ޚިދުމަތްތެރިންނާއި ފަންނުވެރިންނާއި ތަޖުރިބާކާރުންގެ އެހީ އަށް މިނިސްޓަރު އަމީން ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!