ކަރާޗީގައި ހިނގި ބަޑީގެ ހަމަލާތަކުގައި ނޫސްވެރިޔާއާއެކު ހަތަރު މީހަކަށް އަނިޔާވެއްޖެ

އާދީއްތަ ދުވަހު ކަރާޗީގައި ހިނގި ބަޑީގެ ހަމަލާތަކުގައި އެގައުމުގެ ނޫސްވެރިޔަކާއި އެކު ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް އޭއާރުވައި ނިއުސް އިން ބުނެއެވެ.
ރާޝިދު މިންހާސް މަގުގައި އަމިއްލަ ނިއުސް ޗެނަލެއްގެ ރިޕޯޓަރެއް ކަމަށްވާ ޝޯއިބް ބުރުނީ އޭނާގެ ވެހިކަލަށް ބަޑިން ހަމަލާދީ ޒަހަމްވެއްޖެ އެވެ. އަވަސް އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށްފަހު އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.
ކަރާޗީގެ އެކި ސަރަހައްދުތަކުގައި ފޭރުމަށް ދެކޮޅު ހެދުމުގެ ސަބަބުން ހިނގި ތަފާތު ތިން މާރާމާރީއެއްގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އޭއާރުވައި ނިއުސް އިން ބުނި ގޮތުގައި މި ހާދިސާތައް ހިނގާފައިވަނީ އަޒީޒާބާދު، ލިއަކުއާޓާބާދު އަދި ސައިޓް ސުޕަހައިވޭގަ އެވެ.
ހަތިޔާރު އެޅި މީހުން ވަނީ މި ތިން މައްސަލާގައި ވެސް ސާފު ގެޓްއަވޭއެއް ހަދައިފަ އެވެ. ކަރާޗީގެ އަމަން އަމާންކަން އަދިވެސް އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މިދިޔަ އާދީއްތަ ދުވަހު ކަރާޗީގެ މޮމިނާބާދު ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ދިރިއުޅޭ ގެއަށް ވަދެ ހިނގި އެކްސިޑެންޓެއްގައި އަންހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ އުމުރުން ހަ އަހަރުގެ އަޤްޞާ ޚާލިދެވެ. އޭނާގެ ބައްޕަ ބުނި ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގި އިރު އެ މީހުން ތިބީ ގޭތެރޭގައި ކައިގެންނެވެ.
"ކުއްލިއަކަށް އަހަރެންގެ އަންހެން ދަރިފުޅުގެ ބޮލަށް ބަޑި ޖެހުނީ،" ބައްޕަ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލުންނާ ހަވާލާދީ އޭއާރުވައި ނިއުސް އިން ބުނީ ފޭރުމަށް ދެކޮޅު ހެދުމުގެ ގޮތުން ފިރިހެނަކާއި އޭނާގެ ދަރިފުޅަށް ސީރިއަސް އަނިޔާތަކެއް ލިބުމާ އެކު ކަރާޗީގެ ސުރްޖާނީ ޓައުންގައި މަރުވި ކަމަށެވެ.
މިއީ މިފަހަކަށް އައިސް ކަރާޗީގައި މަގުމަތީގެ ކުށްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން ބުނީ ދަރިފުޅު މަރުވި ނަމަވެސް ބައްޕައަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.